twitterviber whatsapp telegramfacebookyoutube instagram
25th May 2026

އިއްޔެ އިތުރު 68 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވޭ

ޚަދީޖާ އާދަމް
Jul 17, 2020

އިއްޔެ އިތުރު 68 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. މިއީ ލޮކްޑައުންނަށް ލުއި ދިންފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވި 68 މީހުންގެ ތެރޭގައި ހިމެނެނީ 47 ދިވެހިންނާއި ބަންގްލަދޭޝްގެ ނުވަ މީހަކާއި އިންޑިއާގެ ހަތަރު މީހަކާއި ފިލިޕީސްއަށް ނިސްބަތްވާ ތިން މީހުންގެ އިތުރުން ސްރީލަންކާގެ ހަތަރު މީހަކާއި ނޭޕަލް މީހެއް ކަމަށެވެ.

މިދިޔަ 24 ގަޑިއިރުތެރޭ 900 ވުރެ ގިނަ މީހުންގެ ސާމްޕަލް ވަނީ ނަގާފައިވާއިރު މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,899 އަށް އަރާފަ އެވެ.

ލޮކްޑައުންގެ ހާލަތަށް ލުއިދިންފަހުން މިއަދުގެ އިތުރުން ދެން އެންމެ ގިނަ މީހުން ޕޮޒިޓިވްވީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެ ދުވަހު ޕޮޒިޓިވްވީ 67 މީހުންނެވެ.

މިއަދު ކޮވިޑް ބަލިން ރަނގަޅުވީ 19 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،339 މީހުންނެވެ. މިވަގުތު ފަރުވާގައި ތިބީ 419 މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355