twitterviber whatsapp telegramfacebookyoutube instagram
5th August 2026

ކޭއާރުއެޗުގެ ދެ މެޝިނެއް ޑައުންވެ، ލެބޯޓްރީގެ ގިނަ ޓެސްޓްތައް މެދުކެނޑިއްޖެ

Jul 19, 2020
1

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ ލެބޯޓްރީގެ ދެ މެޝިނެއް ޑައުންވެ، ގިނަ ޓެސްޓްތަކެއް ހެދުން މެދުކެނޑިއްޖެ އެވެ.

އެ ހޮސްޕިޓަލުން ބުނީ މައްސަލަ ދިމާވި ދެ މެޝިނަކީ ވިޓްރޯސް 5600 އާއި ވިޓްރޯސް 350 ކަމަށެވެ. މި ދެ މެޝިނަކީވެސް ބަޔޮކެމިސްްޓްރީގެ ޓެސްޓްތައް ހެދުމަށް ބޭނުންކުރާ ދެ މެޝިނެވެ. ބަޔޮކެމިސްޓްރީ ޓެސްޓްތަކަކީ އެންމެ އާންމުކޮށް ހޮސްޕިޓަލުތަކުގައި ހަދައި ޓެސްޓްތަކެވެ.

އޭގެ ތެރޭގައި ހަކުރު ބަލީގެ ޓެސްޓާއި ކޮލެސްޓްރޯލް ޓެސްޓް ހިމެނެ އެވެ. އަދި މީގެ އިތުރުން ލިވަރ، ކިޑްނީ އަދި ހިތުގެ ބަލިތައް ފަދަ ބަލިތައް ދެނެގަތުމަށް ހަދައި ޓެސްޓްތައްވެސް ހިމެނެ އެވެ. ދެ މެޝިންގައި މައްސަލަ ޖެހުމުން އެ ހިދުމަތްތައް ވަނީ މެދުކެނޑިފައި އެވެ.

އެ ހޮސްޕިޓަލުން ބުނީ އެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި ކުރިއަށްއޮތް ދެ ދުވަހުގެ ތެރޭގައި މައްސަލަ ހައްލުވާނެކަމަށް ބެލެވޭކަމަށެވެ.

ކޭއާރުއެޗަކީ އަތޮޅުތެރޭގެ އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355