twitterviber whatsapp telegramfacebookyoutube instagram
29th March 2024

ގިނަ ދުވަަސްތަކަކަށްފަހު ދަތުގެ އިތުރު ފަރުވާ ފެށުން، ބޮޑު ތަރުހީބެއް

Jul 19, 2020

ދިގު މުއްދަތަކަށް މެދުކެނޑިފައި އޮތުމަށްފަހު، ދަތުގެ އިތުރު ފަރުވާ ދޭން އަލުން ފެށުމުން އާންމުގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗު) ބުނެފި އެވެ.

ކޭއާރުއެޗުގައި ދަތުގެ ގިނަ ފަރުވާތަކެއް މެދުކެނޑިފައި އޮންނަތާ ގިނަ ދުވަސްތަކެއްވަނީ ވެފައި އެވެ. އެގޮތުން ރޫޓް ކެނަލްގެ ހިދުމަތް މެދުކެނޑިފައި އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

އަދި ދާއިމީ ފުޓުނި ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު އޮކްޓޫބަރު މަހު ފެށި ނަމަވެސް ކޮންސިއުމަބްލްސް ލިބުމުގައި ދަތިކަމެއް އައުމުން މާރިޗުމަހު ހިދުމަތް މެދުކެނޑުނެވެ. އެ ހިދުމަތްތައް އަލުން ފެށުމުން ގިނަ ބަޔަކު އެ ހޮސްޕިޓަލަށް ދަތުގެ ފަރުވާ ހޯދުމަށް އަންނަކަމަށް ބުންޏެވެ.

ކޭއާރުއެޗުން ބުނީ ދަތުގެ ހިދުމަތް އަލުން ފެށީ ތިން ޑޮކްޓަރުންނާއެކު އޭގެ ތެރޭގައި ދިވެހި ޑެންޓިސްޓެއްވެސް ހިމެނޭކަމަށެވެ.

”އުސޫލެއްގެ ގޮތުން މެޑިކަލް ކޮންސިއުމަބްލްސް، ފާމަސިއުޓިކަލް، ލެބް ރިއެޖެންޓްސް މި ފޯރުކޮށްދެނީ އެސްޓީއޯއިން. އަބަދުވެސް ބޭނުންވާ ވަގުތަށް، ބޭނުންވާ މިންވަރަށް އަދި ބޭނުންވާ ސާމާނު ލިބުމުގައި ދަތިކަން ހުރޭ. ވަރަށް ޒަމާންވީ މައްސަލައެއް. އަވަސް ހައްލެއް ބޭނުންވާ ކަމެއް. އަޅުގަނޑުމެން މި ޚިދުމަތް މި ފެށީ އާންމުކޮށް ތަކެތި ހޯދާ ފަރާތް ނޫން އެހެން ދެ ފަރާތަކާ ގުޅިގެން. މި ވަގުތަށް ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް ބޭނުންވެފައި ހުރި ޚިދުމަތެއް މި ދެވެން ފެށުނީ." ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ، މެދުކެނޑިފައި ހުރި ދަތުގެ ގިނަ ހިދުމަތްތައް އަލުން ފެށުމުން ވަރަށް ބާރުބޮޑުވެފައިވާ ކަމަށާ އެކަމުން އެނގިގެންދަނީ ރައްޔިތުން ނުހަނު ބޭނުންވެފައި ހުރި ޚިދުމަތެއްކަމެވެ.

ތަފްސީލް ދެއްވަމުން އަހުމަދު ވިދާޅުވީ، ދުވާލަކު ޑޮކްޓަރަކަށް 10 އެޕޮއިންޓްމަންޓް ދޫކުރާއިރު ހަފްތާއަކު 120 މީހުންނަށް ހިދުމަތް ދެވޭކަމަށެވެ.

"ފަސޭހަ އިންތިޒާމެއްގެ ދަށުން އެޕޮއިންޓްމަންޓް ހެއްދޭނެ ނިޒާމެއް ޤާއިމު ކުރަން މި މަސައްކަތް ކުރަނީ. ހުކުރު ދުވަހުގެ 1400-1500 އާ ދޭތެރޭ ބާރުބޮޑު ވީމާ އިތުރު އެޖެންޓުން ވެސް އެ ގަޑިއަށް އަޅުގަނޑުމެން ނެރެން. 12 އެޖެންޓުން ހުކުރު ދުވަހު ޚިދުމަތް ދޭ ގޮތަށް އުސޫލުތައް ބަދަލު ކޮށްފައި ވާނީ މިހާރު. އިރާދަކުރެއްވިއްޔާ އޮންލައިންކޮށް އެޕޮއިންޓަމަންޓް ހެދޭނެ ނިޒާމެއް މި މަހުގެ ތެރޭގައި ވާނޭ." އަހުމަދު ވިދާޅުވި އެވެ.

އެޕޮއިންޓްމެންޓް ހެއްދުމުގައި ދިމާ ދަތިތައް ހައްލުކުރުމަށްވެސް އެ ހޮސްޕިޓަލުން އަންނަނީ ގިނަ މަސައްކަތެއް ކުރަމުންނެވެ. އެގޮތުން މިހާރު ކޮންމެ ދުވަހަކުވެސް އެޕޮއިންޓްމެންޓް ހެދުމުގެ ވަގުތު 14:00 ން 20:00 އަށް ވަނީ އިތުރުކޮށް، ކުރިއަށް އޮންނަ ދެ ހަފުތާއަށް އެޕޮއިންޓްމެންޓް ހެއްދޭނެ އިންތިޒާމު ހަމަޖައްސާފައި އެވެ.

އަދި މީގެ އިތުރުން އެހާ އާޖަންޓްކަމެއްގައި ނޫނީ ނަމަ އައިޑީކާޑް ނަންބަރު އަދި ބޭނުންވާ ކަމެއް ލިޔުމަށްފަހު އެތަނުގެ ނަންބަރު 7887799 ނަމްބަރު ފޯނަށް އެސްއެމްއެސް ކުރެވޭނެ ގޮތް ހަދައިފަ އެވެ. އެސްއެމްއެސް ކުރުމުން ހޮސްޕިޓަލުން އެ ނަމްބަރަކަށް ގުޅައި އެޕޮއިންޓްމެންޓް ހެއްދުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ލޮކްޑައުންއަށް ފަހު އަލުން ހުޅުވާލާފައިވާއިރު ދުވާލަކު އެވްރެޖްކޮށް 400 މީހުން އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދައްކަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355