twitterviber whatsapp telegramfacebookyoutube instagram
26th December 2025

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ހުއްދަ އަންނަ މަހުގެ 15ގެ ކުރިން އާ ކުރަން އަންގައިފި

ނަބީލާ އިސްމާޢީލް
Jul 23, 2020

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއި ގުޅިގެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ހުއްދަ އާ ނުކުރެވުނު ފަރާތްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހުއްދަތައް އާކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފިއެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދުގެ ދަށުން ހެލްތް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ 1 މަސްކުރިން ހުއްދަ އާ ކުރަންޖެހެއެވެ. ނަމަވެސް ކޮވިޑް 19އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ މުއްދަތުގައި ހުއްދައިގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކަށް، ހުއްދަ އާކުރުމަށް ފޯމު ހުށަހެޅޭނެގޮތް އޮތީ ނުވެފައެވެ.

ހެލްތް މިނިސްޓްރީން ބުނީ މިމުއްދަތުގެ ތެރޭގައި ހުއްދައިގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން، ހުއްދަ އާކުރުމަށް އެދި 15 އޮގަސްޓް ގެ ކުރިން އީމެއިލް ނުވަތަ ފޯމް މެދުވެރިކޮށް ހުށައަޅަންޖެހޭނެކަމަށެވެ.

ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއި ގުޅިގެން ކެފޭ ރެސްޓޯރަންޓްތައް ގިނަ ދުވަސްތަކަކަށް ބަންދުކޮށްފައިހުރުމަށްފަހު ލޮކްޑައިންއަށް ދިން ލުއިތަކާއިއެކު މިހާރު ވަކި އުސޫލެއްގެ ދަށުން އެތަންތަނުން ޙިދުމަތް ދިނުމުގެ ފުރުސަތު ސަރުކާރުން ވަނީ ހުޅުވާލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355