twitterviber whatsapp telegramfacebookyoutube instagram
26th September 2026

ކެލާއިން މީހަކު ޕޮޒިޓިވްވެއްޖެ

ނަބީލާ އިސްމާޢީލް
Jul 28, 2020

ހއ. ކެލާއިން ދިވެހި ފިރިހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ބައެއް އޮންލައިން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ނައިބު ރައީސް އާމިނަތު އިސްމާއިލް ވިދާޅުވީ އެމީހާ ވައިރަހަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

ބައްޔަށް ޕޮޒިޓިވްވެފައި ވަނީ، އެރަށާ މާލެއާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެއްގައި މަސައްކަތް ކުރާ މީހެކެވެ. ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން، ހެދި ފުރަތަމަ ޓެސްޓު ނެގެޓިވްވި ނަމަވެސް، ދެވަނައަށް ހެދި ޓެސްޓު ޕޮޒިޓިވްވެފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

އޭނާ ޕޮޒިޓިވްވުމުން އޭނާއާއި ދިމާވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތްކުރަމުން އަންނަކަމަށާއި، އެޗްޕީއޭގެ ލަފާއާއި އެއްގޮތަށް އަމަލުކުރަމުން އަންނަކަމަށް ކެލާ ކައުންސިލްގެ ނައިބު ރައީސާ ހަވާލާދީ މީޑިއާތައް ބުނެއެވެ.

ހއ.ކެލާއިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އިއްޔެވަނި ރ.އިނގުރައިދޫ މީހަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ރިސޯޓެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ބ.އަތޮޅު ފިނޮޅުގައި މަސައްކަތްކުރާ 4 ބިދޭސީއަކުވެސް އިއްޔެ ވަނީ ޕޮޒިޓިވްވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293