twitterviber whatsapp telegramfacebookyoutube instagram
26th September 2026

ކޮވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅު އެޅުމަށް މަޝްވަރާކޮށްފި

ޚަދީޖާ އާދަމް
Jul 28, 2020
1

ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 ރޯގާ އިތުރަށް ކޮންޓްރޯލް ކުރުމަށް އަޅަން ހުށަހަޅާފައި ހުރި ފިޔަވަޅުތަކާ މެދު ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ކޯޑިނޭޝަން ކޮމެޓީގައި މަޝްވަރާކޮށްފި އެވެ.

ހެލްތް މިނިސްޓްރީ މިއަދު ބުނީ، އެޗްއީއޯސީގެ ކޯޑިނޭޝަން ކޮމެޓީ ބައްދަލުވުމުގައި މިއަދު މަޝްވަރާ ކޮށްފައިވަނީ، ކޮވިޑް-19 ކޮންޓްރޯލު ކުރަން އަޅަން ހުށަހަޅާފައި ހުރި އިތުރު ފިޔަވަޅުތަކާ މެދު ކަމަށެވެ.

މާލޭގެ ފުރަބަންދަށް ލުއި ދިން ފަހުން އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިއަދުވެސް ވަނީ 137 މީހުން ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މިއީ ރާއްޖޭގައި ކޮވިޑް ފެތުރުން ފަހުންވެސް މިހާ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 3,506 އަށް އަރާފައެވެ. މިވަގުތު ފަރުވާގައި ތިބީ 929 މީހުންނެވެ. ކޮވިޑްގައި ރާއްޖެއިން 15 މީހަކު ވަނީ މަރުވެފައެވެ. މިއަދު ކޮވިޑް ބަލިން އެއްވެސް މީހަކު ރަނގަޅުވެފައެއް ނުވެއެވެ. ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،547 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293