twitterviber whatsapp telegramfacebookyoutube instagram
6th December 2025

އުސޫލުތަކަށް އަމަލުނުކުރާ ހުރިހާތަނެއް ބަންދުކުރަނީ

ނަބީލާ އިސްމާޢީލް
Jul 29, 2020

ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލާ ހިލާފުވާ ހުރިހާ ތަނެއް މިއަދުން ފެށިގެން ބަންދު ކުރަން އެޗްޕީއޭ އިން ނިންމައިފި އެވެ.

އެޗްޕީއޭއިން ރޭ ކުރި ޓުވީޓެއްގައި ބުނީ ގައިޑްލައިންތަކާ އެއްގޮތަށް މަސައްކަތް ކުރޭތޯ ބަލަން މިއަދު ހެލްތު އިންސްޕެކްޝަން ހަރަކާތެއް ފަށާނެ ކަމަށެެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ދިން ބޮޑު ލުޔާ އެކު، "ނިއު ނޯމަލް" ގެ ހާއްސަ އުސޫލުތަކެއް އެޗްޕީއޭ އިން ކަނޑައަޅާފައިވެ އެވެ. އެގޮތުން ކެފޭ/ރެސްޓޯރަންޓުތަކުގައި މީހުން ތިބެން ޖެހޭނެ ގޮތާއި ފިހާރަތަކަށް ގިނަ ވެގެން ވަދެވޭނެ މީހުންގެ އަދަދުތައް ފަދަ ބައެއް އުސޫލުތައް ކަނޑައަޅައި އެ ތަންތަނުން އަމަލުކުރަން ޖެހޭނެ ގޮތްތައް އެޗްޕީއޭ އިން އާންމުކޮށްފައިވެ އެވެ.

މީގެ ކުރިން މާލޭ ސިޓީ ކައުންސިލްއާއި އެޗްޕީއޭ އަދި އެހެނިހެން އިދާރާތައް ގުޅިގެން އާންމު ހިދުމަތްދޭ ތަންތަން ނިއު ނޯމަލްގެ އުސޫލުތަކަށް އަމަލު ކުރޭތޯ ބެލުމަށް ގެންދިޔަ އިންސްޕެކްޝަންގައި 1475 ތަނެއް ބެލިއެވެ. އޭގެ ތެރެއިން ގިނަ ތަންތަން ނިއު ނޯމަލްގެ އުސޫލުތަކަށް ފެތޭކަމަށް މާލޭ ސިޓީ ކައުންސިލްއިން މީގެ ކުރިން ބުނެފައިވެއެވެ.

ހެލްތު އިންސްޕެކްޝަންގެ ހަރަކާތެއް އަނެއްކާވެސް ފަށަން ނިންމިއިރު އިއްޔެ ރިކޯޑު އަދަދަކަށް ކޮވިޑަށް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި 92 ދިވެހީން ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355