twitterviber whatsapp telegramfacebookyoutube instagram
30th April 2026

ޔުނިވާސަލް އިން ޕީސީއާރު ދެ މެޝިން ހަދިޔާކޮށްފި

Jul 29, 2020

ޔުނިވާސަލް އެންޓަޕްރައިސަސްގެ ފަރާތުން ކޮވިޑް ޓެސްޓް ހެދުމަށް ބޭނުން ކުރާ ދެ ޕީސީއާރު މެޝިން ހެލްތު މިނިސްޓްރީ އަށް ހަދިޔާކޮށްފި އެވެ.

މިއީ އަމިއްލަ ފަރާތަކުން ޕީސީއާރް ޓެސްޓް މެޝިން ހަދިޔާ ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވެސް އެކި އަމިއްލަ ފަރާތްތަކުން ކޮވިޑް-19ގެ މި ހާލަތުގައި ޕީޕީއީ ކިޓްތަކާއި، ޓެސްޓު ކިޓްތަކުގެ އިތުރަށް ވެންޓިލޭޓަރު ވެސް ހަދިޔާކޮށްފައިވެ އެވެ.

މިއީ ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ލެބޯޓްރީ ޓެސްޓުކުރުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެގޮތުން އެ ކުންފުނިން ވެދިން އެހީތެރިކަމެއް ކަމަށް ހެލްތު މިނިސްޓްރީ އިން ބުންޏެވެ.

ޕީސީއާރު މެޝިންތައް ރަސްމީކޮށް ހެލްތް މިނިސްޓްރީއާ ހަދިޔާ ކުރުމަށް ރޭ ހެލްތު އިމަޖެންސީ އޮޕަރެޝަން ސެންޓަރުގައި ބޭއްވި ރަސްމިޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ޔުނިވާސަލް އެންޓަޕްރައިސަސްގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ ޔުނިވާސަލްގެ އިސްވެރިންނަށާއި މިކަމުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި އެންމެހައި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ޔުނިވާސަލް އިން މީގެ ކުރިން ވެސް ކޮވިޑް-19 އަށް ޓެސްޓުކުރާ 20،000 ކިޓް ހަދިޔާކޮށްފައިވެ އެވެ.

ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ޓަކައި ބަލި ފެތުރޭ މިންވަރު ދެނެގަތުމަށް ޓެސްޓް ހަދާ މިންވަރު އަދިވެސް އިތުރު ކުރުމަށް ހެލްތު މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355