twitterviber whatsapp telegramfacebookyoutube instagram
26th September 2026

ކެލާއިން 9 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޚަދީޖާ އާދަމް
Jul 30, 2020
1

ހއ. ކެލަ އިން އިތުރު ނުވަ މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

ޕޮޒިޓިވްވެފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެ ރަށަށް ދަތުރު ކުރި ސަވާރީ ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓު ގައި މަސައްކަތްކުރާ އަށް ފަޅުވެރިންނާއި އެ ބޯޓުގައި ދަތުރުކުރި ލަންކާ ފިރިހެނެއްކަމަށް މައުލޫމާތު ލިބެއެވެ.

ކެލާގެ އިތުރުން އެ އަތޮޅު ދިއްދޫ އާއި ހދ. ނޮޅިވަރަންފަރަށް ވެސް އެ ބޯޓު މިދިޔަ އާދިއްތަ ދުވަހު ދަތުރުކޮށްފައިވެ އެވެ. އެހެންވެ އެ ބޯޓު ދަތުރުކުރި ހުރިހާ ރަށެއްގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން ބުނެފައިވެ އެވެ.

"މިހާރު" ނޫހަށް ދިން އިންޓަވިއުއެއްގައި ކެލާ ކައުންސިލް މެންބަރު އާއިޝަތު މިޒްނާ "މިހާރު" އަށް ވިދާޅުވީ، މިއަދު ޕޮޒިޓިވްވި ފަޅުވެރިންގެ ތެރޭގައި ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީން ހިމެނޭ ކަމަށާއި ފަޅުވެރިން ކަރަންޓީންކޮށްފައި ވަނީ ބޯޓުގައި ކަމަށާއި އެ މީހުންގެ އާއިލާތަކުން ކަރަންޓީން ވެގެން ތިބީ އެ މީހުންގެ ގޭގައި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293