twitterviber whatsapp telegramfacebookyoutube instagram
24th April 2024

އުތުރުގެ 3 ރަށެއް މޮނީޓަރިންނަށް ލައިފި

ޚަދީޖާ އާދަމް
Jul 30, 2020

އުތުރުގެ 3 ރަށެއް މޮނީޓަރިންގެ ލައިފިއެވެ. މޮނީޓަރިންގެ ހާލަތައް ގެނެސްފައިވަނީ ހދ. ނޮޅިވަރަންފަރު، ހއ. ދިއްދޫގެ އިތުރު އެއަތޮޅު ވަށަފަރެެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި 3 ރަށްވެސް މޮނީޓަރިންގެ ހާލަތައް ގެނެސްފައިވަނީ މިރެއެވެ. އެޗްޕީއޭއިން ބުނީ މި ރަށްތަކުގެ ތިބި ފަރާތްތަކުން އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި އަދި ރަށައް އެރުމަކީވެސް މަނާކަމެއް ކަމަށެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ "ސަވާރީ" ބޯޓުގެ ކޭސްއާއި ގުޅިގެން ކަމަށެވެ.

އަހުމަދު ވިދާޅުވީ އެ ބޯޓުގެ ކެޕްޓަންގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތައް ފެންނާތީ ސާމްޕަލް ނަގަން ހަމަޖެހުނުކަން އެނގުނުއިރު އެ ބޯޓު އޮތީ އެރަށުގައި މުދާ ހުސްކުރަން ކަމަށާއި އެއިރު ބޯޓުން ގިނަ ގެތަކަކަށް މުދާ ހުސްކޮށްފައިވާ ކަމަށެވެ. އަދި ބޯޓުގެ ފަޅުވެރިންވެސް ރަށުތެރެއަށް އަރާ އެކިކަންކަމުގައި ރައްޔިތުންވެސް ބޯޓަށް އެއިރު އަރާފައިވާ ކަމަށެވެ.

ބޯޓު ކެޕްޓަންގެ ފަރާތުން އަލާމާތްތައް ފެނި ސާމްޕަލް ނަގަން ހަމަޖެހުނުކަން އެނގުނު ހިސާބުން އިތުރަށް ކޮންޓެކްޓުވުން ހުއްޓުވުމަށް ބޯޓުގެ ފަޅުވެރިން ރަށަށް އެރުން މަނާކުރުމަށް ހުއްދައަށް އެދި ކައުންސިލުން އެޗްޕީއޭއަށް އެންގިކަމަށާއި ނަމަވެސް އެކަން ކުރުމަށް އެޗްޕީއޭއިން ދެކޮޅު ހެދިކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.

ދެން ކަރަންޓީންގެ ހާލަތަށް ގެނައި ދެ ރަށަކީވެސް "ސަވާރީ" ބޯޓް ކޭސްތަކާއި ގުޅުން ހުރި ދެ ރަށެވެ. މީގެ އިތުރުން މި ބޯޓު ވަނީ ހއ. ކެލައަށްވެސް ދަތުރުކޮށްފައެވެ. އަދި އެރަށުން މި ކޭސްއާއި ގުޅުން ހުރި 9 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ޕޮޒިޓިވްވެފައި ވަނީ އެ ބޯޓުގައި މަސައްކަތްކުރާ އަށް ފަޅުވެރިންނާއި އެ ބޯޓުގައި ދަތުރުކުރި ލަންކާ ފިރިހެނެއްކަމަށް މައުލޫމާތު ލިބެއެވެ.

އެ ބޯޓު ދަތުރުކުރި ހުރިހާ ރަށެއްގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން ބުނެފައިވެ އެވެ.

އެގޮތުން ޕޮޒިޓިވްވި ފަޅުވެރިންގެ ތެރޭގައި ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީން ހިމެނޭ އިރު ފަޅުވެރިން ކަރަންޓީންކޮށްފައި ވަނީ ބޯޓުގަ އެވެ. އެ މީހުންގެ އާއިލާތަކުން ކަރަންޓީން ވެގެން ތިބީ އެ މީހުންގެ ގޭގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355