ކޮވިޑް-19 ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ އުމުރުން 80 އަހަރުގެ ދިވެހި އަންހެނަކު މިއަދު މަރުވެއްޖެ އެވެ. އެޗްޕީއޭ އިން ބުނީ އެ މީހާ މަރުވީ ހެނދުނު 9:30 ހާއިރު ކަމަށެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ތިން މީހަކު ވަނީ ކޮވިޑް-19 ގައި މަރުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 89 އަހަރުގެ ފިރިހެނަކާއި 71 އަހަރުގެ އަންހެނަކާއި 51 އަހަރުގެ އަންހެނެކެވެ.
Today at 09:30am, an 80 yr old Maldivian female admitted in HMF, ICU has passed away.
— Health Protection Agency (@HPA_MV) August 4, 2020
This is the 19th #COVID19 death in the Maldives.
Our thoughts and prayers are with the bereaved family. May Allah grant her soul eternal peace in heaven.
ކޮވިޑުން ރައްކާތެރިވުމަށްޓަކައި އެޅި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިންފަހުން މި ބަލި ފެތުރޭ މިންވަރު އިތުރުވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި މަރުވާ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 19 ވަނަ މީހާ އެވެ.
ރާއްޖެއިން މިހާތަނަށް 4،293 މީހަކަށް ކޮވިޑް ޖެހިފައިވާ އިރު، 2،670 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މި ބައްޔަށް މިހާރު ފަރުވާ ދެމުން އަންނަނީ 1،589 މީހަކަށެވެ. ކޮވިޑަށް ޕޮޒިޓިވް ވެފައވާ މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 4،000 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.