އަވަސް ފަރުވާ ބޭނުންވާ އިތުރު 150 ދިވެހީންނަށް އިންޑިއާއަށް ބޭހަށް ދާން އެގައުމުން ހުއްދަ ދީފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފި އެވެ.
އިންޑިއާގެ ހައިކޮމިޝަނުން ބުނީ އަލަށް ހުއްދަ ދިން މީހުން ވަރަށް އަވަހަށް އިންޑިއާއަށް ފުރާނެ ކަމަށެވެ.
ފުރަބަންދުގެ ފަހުން މީގެ ކުރިން ތިން ފަހަރެއްގެ މަތިންވެސް ހާއްސަ ހުއްދައެއްގެ ދަށުން އިންޑިއާއަށް ބޭސް ފަރުވާއަށް ދިއުމުގެ ހުއްދަ ދިނެެވެ. މިހާތަނަށް އާސަންދައިގެ ދަށުން ޖުމްލަ 60 މީހުން ވަނީ އިންޑިއާއަށް ގޮސްފައެވެ.
4th batch of patients to leave for India soon!
— India in Maldives (@HCIMaldives) August 4, 2020
Over 150 Maldivian patients & their medical attendants have been granted special exemption in the last month to travel to #India for urgent medical treatment. @MoFAmv has been at the helm of coordinating arrangements@abdulla_shahid pic.twitter.com/ReR4o2xxEo
އާސަންދައިގެ ދަށުން އިންޑިއާއަށް ފޮނުވަނީ ޕަބްލިކް ހެލްތު ގައިޑްލައިނާ އެއްގޮތަށް ކޮވިޑް-19 ޓެސްޓުކޮށް ނެގެޓިވްވެފައިވާ މީހުންނެވެ. އަދި އެމީހުން އިންޑިއާއަށް ދިއުމަށްފަހު 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކޮށް އަލުން ކޮވިޑަށް ޓެސްޓްކުރަން ޖެހެއެވެ.
އިންޑިއާގެ އެހީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެ ގައުމުގެ ގުޅުން ވަރުގަދަވުމަށް ދެ ގައުމުގެ ރައްޔިތުން ގުޅި ލާމެހިފައި އޮތުން ކޮންމެހެންވެސް މުހިންމު ކަމަށެވެ.