ގިނަ ދުވަސްތަކަކަށް ފަހު ރަނީ މުކަރްޖީ އާއި ސައިފް އަލީ ޚާން ފެނިގެންދާނެ ބަންޓީ އޯރް ބަބްލީ 2 ގެ ސޫޓިން އަލުން ފަށައިފި އެވެ.
ކޮވިޑް-19 އާއި ގުޅިގެން ސޫޓިން މެދުކަނޑާލުމަށްމި މަސް ފެށުމާއިއެކު ސޫޓިން އަލުން ފަށާފައިވާއިރު ފިލްމުގައި ހިިމަނަން ޖެހޭ ލަވައިގެ ސޫޓިން ކުރިއަށް ގެންދަން ޖެހޭ ގޮތާ ދޭތެރޭ ފިލްމުގެ ލީޑު ދެތަރިން ތިބީ ހިތްހަމަނުޖެހި ފައެވެ.
ހަބަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ލަވައަކީ ބޮޑު ކްރޫއަކާއެކު ވަރަށް ގަދައަށް ނަށަން ޖެހޭ ލަަވައެވެ. އެގޮތުން 200 ހާ ނެށުންތެރިން ލަވާގައި ބައިވެރިވާ އިރު ރާނީ އާއި ސައިފް ހިތްހަމަނުޖެހުނީ އެކަމާއެވެ.
ކޮވިޑް ފެތުރެމުންދާ މިފަދަ ދަނޑިވަޅެއްގައި އެ ބޮޑު ކްރައުޑަކާއިއެކު ނަށަން އެމީހުން ބޭނުން ނުވާކަން ހާމަކޮށްފައިވާއިރު މިއީ ފިލްމުގެ ޕްރޮޑިއުޝަރު އަދި ރާނީގެ ފިިރިމީހާ އަދިތިޔަ ޗޯޕްރާގެ ހިޔާލެއްމެއެވެ.
ރާނީ އާއި ސައިފްގެ އިތުރުން އިތުރު ދެ ތަރިންވެސް މި ފިލްމުގައި ފެނިގެން ދާނެއެވެ. އެއީ ސިދާންތު ޗަތުރުވެދީއާއި ސަރުވަރީ ވާގެވެ. މި ދެތަރިން ފެނިގެންދާނީ ދެބެންގެ ގޮތުގައެވެ.
ސޫޓިން އަލުން ފެށުނުއިރުވެސް މި ލަވައާއި މެދު ގޮތެއް ނިންމާފައެއް އަދި ނުވެއެވެ.