twitterviber whatsapp telegramfacebookyoutube instagram
6th September 2026

ނައިވާދޫގައި ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވެއްޖެ

ޚަދީޖާ އާދަމް
Aug 7, 2020

ހދ. ނާވައިދޫގައި ހޯމް ކަރަންޓީނުގައި ހުރި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު ގިނަ ރަށްރަށުން ބަލި މީހުން ދަނީ ފެންނަމުންނެވެ.

އެޗްޕީއޭއިން ބުނީ އެމީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން އެނގުނީ ހޯމް ކަރަންޓީންގެ މުއްދަތު ނިމުމުން ކުރި ޓެސްޓުންކަމަށެވެ. ނާވައިދޫން ކޮވިޑަށް ޕޮޒިޓިވްވީ އުމުރުން 68 އަހަރުގެ ފިރިހެނެކެވެ.

މީގެ އިތުރުން ހއ. އިހަވަންދޫއިން ދެ ބިދޭސީން އަދި ފިއްލަދޫން ދެ ބިދޭސީންނާއި ދިވެއްސަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ. ފިއްލަދޫ ޕޮޒިޓިވްވެފައިވަނީ އެރަށު ބީއެމްއެމްއޭ އެކްޕްރެސް ބޯޓުން ދަތުރުކުރި ތިން މީހެކެވެ.

މި މީހުންނަކީ ހއ ކެލާގައި ދުއްވާ ސަވާރީ ބޯޓުން އެންމެ ފަހުން ކެލައަށް ދިޔަ މީހުންނާ ކޮންޓެކްޓްވި ބައެކެވެ. އިހަވަންދޫން ޕޮޒިޓިވްވެފައިވަނީ އެރަށު ތަހުތު ބޯޓުގެ ދެ ފަޅުވެރިންނެވެ. މި ދެ މީހުންނަކީވެސް ދެ ބިދޭސީންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355