twitterviber whatsapp telegramfacebookyoutube instagram
20th September 2020

ކޮވިޑް ޖެހިގެން މިއަދުވެސް ދިވެއްސަކު މަރުވެއްޖެ

ނަބީލާ އިސްމާޢީލް
Aug 12, 2020

ކޮވިޑް-19 ޖެހިގެން މިއަދުވެސް ދިވެއްސަކު މަރުވެއްޖެ އެވެ. މިއީ މި ބަލި ޖެހިގެން ރާއްޖެއިން މަރުވި 21 ވަނަ މީހާ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ މިއަދު ހެނދުނު 09:20 ގައި މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި 77 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

ކޮވިޑް ޖެހިގެން އިއްޔެ ވެސްވަނީ ރާއްޖެއިން ދިވެއްސަކު މަރުވެފަ އެވެ. އެއީ 67 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އިއްޔެ އިރުއޮއްސި 06:00 ޖެހުމާއި ހަމައަށް އަލަށް ވަނީ 66 މީހުން ޕޮޒިޓިވްވެ ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 5223 އަށް އަރާފަ އެވެ. 2354 މީހުން އަންނަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ.

ލޮކްޑައުންއަށް ދިން ލުއިތަކަށްފަހު ޕޮޒިޓިވްވާ އަދަދު މައްޗަށްގޮސް ޕޮޒިޓިވްވާ ދިވެހީންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355