twitterviber whatsapp telegramfacebookyoutube instagram
26th September 2026

ކޮވިޑްޖެހިގެން އިތުރު ދިވެއްސަކު މަރުވެއްޖެ

ޚަދީޖާ އާދަމް
Aug 14, 2020

ކޮވިޑް-19 ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ ދިވެހި އަންހެނަކު ރޭ މަރުވެއްޖެ އެވެ.

ކޮވިޑް ޖެހިގެން ރާއްޖޭން މީހުން މަރުވި އަދަދު މިވަނީ 22 އަރާފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) ބުނީ ރޭ މަރުވެފައިވަނީ އުމުރުން 61 އަހަރުގެ އަންހެނެއް ކަމަށާއި އެމީހާ މަރުވީ ދަންވަރު 01:45 ކަމަށެވެ.

އިއްޔެ ވެސް ވަނީ މަރުވި އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ރޭ ހަތެއް ޖެހިއިރު އައިޖީއެމްއެޗަށް ގެންދިޔަ އުރުމުން 83 އަަހަރު މީހާ އޮންނަ އުސޫލު ދަށުން މަރުވުމުން ޓެސްޓު އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

އަދި އެ މީހާ އަކީ ސީދާ ކޮވިޑުގެ ސަބަބުން މަރުވި މީހެއްތޯ ނޫންތޯ ޔަގީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ކޮވިޑުގައި މަރުވި މީހުންގެ ތެރޭ ގުނާނެތޯ ނުވަތަ ނޫންތޯ ބަލަމުންދާ ކަމަށް ވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ.

މިވަގުތު ކޮވިޑް ޖެހިގެން ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 2،553 އެވެ. އޭގެ ތެރެއިން 156 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293