twitterviber whatsapp telegramfacebookyoutube instagram
9th August 2026

މެޑްޓެކާއި ހަވާލުކުރި 50 ވެންޓިލޭޓަރު ރާއްޖެ ގެނެސްފި

ޚަދީޖާ އާދަމް
Aug 14, 2020

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ގެންނަން މެޑްޓެކް ކުންފުންޏާ ހަވާލުކުރި 50 ވެންޓިލޭޓަރު ގެނެސްފި އެވެ.

މެޑްޓެކުން ބުނީ ވެންޓިލޭޓަރުތައް ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ސަރުކާރާ ހަވާލު ކުރާނެ ކަމަށެވެ. މި ހުރިހާ ވެންޓިލޭޓަރު ތަކަކީ ވެސް އެމެރިކާގެ ޖީއީ ހެލްތުކެއާ އާއި ސްވިޒަލޭންޑްގެ އައިއެމްޓީ މެޑިކަލްގެ އުފެއްދުން ތަކެވެ.

މެޑިކަލް ގިނަ ސާމާނު ތަކެއް ރާއްޖެ ގެނެސް ވިއްކާ މެޑްޓެކް ކުންފުންޏާ ހަވާލުކޮށްފައިވަނީ 50 އައިސީޔޫ ވެންޓިލޭޓަރު ގެނައުމަށެވެ. އެ ކުންފުނިން ފުރަތަމަ 18 ވެންޓިލޭޓަރު ގެނެސްފައި ވަނީ މެއި މަހުގެ 10 ވަނަ ދުވަހު އެވެ. ދެވަނަ ބެޗު ގެނެސްފައި ވަނީ ޖުލައި މަހުގެ ދެވަނަ ވަނަ ދުވަހު އެވެ.

ޖީއީ ހެލްތުކެއާ އާއ އައިއެމްޓީ މެޑިކަލްއަކީ އެމެރިކާގެ އެފްޑީއޭ އެޕްރޫވްޑް އަދި މެޑިކަލް އިކުއިޕްމަންޓް އުފެއްދުމުގައި އެންމެ މަޝްހޫރު ދެ ކުންފުންޏެކެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ފެށި ތައްޔާރީތަކުގައި އެކި ކުންފުނި ތަކުން 149 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްފައިވެ އެވެ. ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްފައިވަނީ ނާޑު ޕްރައިވެޓް ލިމިޓެޑް 24 ވެންޓިލޭޓަރު އަދި މެޑްޓެކް އަށް 50 ވެންޓިލޭޓަރުގެ އިތުރުން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް ގެންނަން ހަވާލު ކުރި 75 ވެންޓިލޭޓަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355