twitterviber whatsapp telegramfacebookyoutube instagram
26th September 2026

ފަސް ރަށަކުން ޕޮޒިޓިވް ކޭސް ފެނިއްޖެ

ނަބީލާ އިސްމާޢީލް
Aug 16, 2020

ހޯމް ކަރަންޓީނަށް ރަށަށް ދިއުމަށް ފަހު ޓެސްޓު ކުރުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކޭސްތަކެއް ފަސް ރަށަކުން ފެނިއްޖެ އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޓިން ސެންޓަރު، (އެޗްއީއޯސީ) އިން ބުނީ، ހޯމް ކަރަންޓީނަށް ފަހު ޓެސްޓު ކުރުމުން ކޮވިޑަށް ޕޮޒިޓިވް ކޭސްތަކެއް ފަސް ރަށަކުން ފެނިފައިވާ ކަމަށެވެ. އެއީ، ނ. މިލަދޫ އާއި އދ. މާމިގިއްޔާއި ކ. ހިންމަފުއްޓާއި ފ. ނިލަންދޫ އަދި ރ. ހުޅުދުއްފާރެވެ.

މާލެ ސަރަހައްދުގެ ލޮކްޑައުން އަށް ލުއިތައް ދިނުމާ ގުޅިގެން އަތޮޅުތަކަށް ދަތުރު ކުރެވޭނެ އުސޫލެއް ވަނީ ކަނޑައަޅާފަ އެވެ. އަދި ބައެއް ފަރާތްތަކުން ހޯމް ކަރަންޓީނުވާން ރަށްރަށަށް ދަތުރު ކޮށްފައިވެ އެވެ. ނަމަވެސް ރަށްރަށުން ކޭސްތައް ފެނި މާލެއިން ކޭސްތައް އިތުރުވަމުންދާތީ އުސޫލުތައް ހަރުކަށިކޮށް ހޯމް ކަރަންޓީނަށް ދެވޭ ގޮތްވެސް ވަނީ ބަދަލު ގެނެސްފަ އެވެ.

މާލޭގެ އިތުރުން މިހާތަނަށް މި ބަލި ވަނީ އައްޑޫސިޓީގެ ފޭދޫ އާއި ހިތަދޫ، ފުވައްމުލަކު ސިޓީ އާއި ބ. އަތޮޅުގެ ބައެއް ރަށްތަކާއި ހއ. އާއި ހދ. އަދި ވ. އަތޮޅާއި ރ. އަތޮޅުން ވެސް ފެނިފަ އެވެ. އަދި ބައެއް ރިސޯޓުތަކުން ވެސް ވަނީ މި ބަލި ފެނިފަ އެވެ.

ރާއްޖެއިން މިހާތަނަށް 5679 މީހުން ޕޮޒިޓިވްވެފައިވާއިރު އިއްޔެ އަލަށްވެސް 107 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. ފަރުވާ ހޯދާ މީހުންގެ އަދަދު 2449 އަށް އަރާފައިވާއިރު 146 މީހަކަށް ފަރުވާ ދެނީ އެޑްމިޓްކޮށްގެނެވެ. ރާއްޖެއިން 22 މީހުން ވަނީ މި ބަލީގައި މިހާތަނަަށް މަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293