twitterviber whatsapp telegramfacebookyoutube instagram
27th February 2021

ސުޝާންތުގެ މަރަށްފަހު ކަރަން ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާގައި ޕޯސްޓެއްކޮށްފި

ނަބީލާ އިސްމާޢީލް
Aug 17, 2020

ސުޝާންތު ސިންގް ރާޖްޕޫތުގެ މަރަށްފަހު އެންމެ ގިނަ ބަޔަކު ތުހުމަތުގެ އިނގިލި ދިއްކުރި މަޝްހޫރު ފިލްމް މޭކާރ އެ ހާދިސާ އަށް ފަހު މިއަދު އަލަށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފި އެވެ.

އިންޑިއާގެ މިނިވަންދުވަހާއި ގުޅުވައިގެން އެގައުމުގެ ދިދަ އަކާއި އެކު އޭނާ ޕޯސްޓްކޮށް ފައިވަނީ ހަމައެކަނި " ހެޕީ އިންޑިޕެންޑަންސް ޑޭ... ޖެއި ހިންދު" މިހެންނެވެ.

ސުޝާންތުގެ މަރާއި ގުޅިގެން ފިލްމް އިންޑަސްޓްރީގައި ހިނގަމުން އަންނަ ނެޕޮޓިޝަމް އާއި ބެހޭގޮތުން ގިނަ ބައެއްގެ ތުހުމަތުތަށް ވަނީ ކަރަންއާއި ކުރިމަތިވެފަ އެވެ.

އިންސްޓަގުރާމުގައި ދިފާއުގައި ވާހަކަ ދެއްކުމަށްފަހު ކަރަންވަނީ ގިނަ ބަޔަކު އަންފޮލޯވެސް ކޮށްލާފަ އެވެ.

ސުޝާންތު މަރުވީ ދަންޖެހިގެން ކަމަށް ކުރިން ބުނެފައިވީ ނަމަވެސް އެ ހާދިސާގައި އަޑި ނޭނގޭ ސިއްރު ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނާތީ އެ މައްސަލަ މިހާރު އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގޮތުގައި އިންޑިއާގެ ކަމަބެހޭ ފަރާތްތަކުން ތަހުގީގުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355