twitterviber whatsapp telegramfacebookyoutube instagram
27th April 2024

މާލެއަށް އަރައި ފޭބުން ދަތިވުމުން ސިއްހީ ހިދުމަތްތަށް ފާދިއްޕޮޅުގެ ރައްޔިތުން ކުޅުދުއްފުއްޓަށް

ޚަދީޖާ އާދަމް
Aug 18, 2020
4

ލޮކްޑައުންއާ ގުޅިގެން ސިއްހީ ހިދުމަތްތަައް ހޯދުމަށް މާލެއަށް ދިއުމަށް ދަތިވެފައިވާތީ ރައްޔިތުންނަށް ފަސޭހަ ކަމާއެކު މި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކ.ކާށިދޫ، މައިދޫ ސްޕީޑުން ހާއްސަ ދަތުރުތަކެއް ކުޅުދުއްފުއްޓަށް ކުރަން ފަށައިފި އެވެ.

އެގޮތުން ކާށިދޫ، ނައިފަރު އަދި ހިންނަވަރުން ކުޅުދުއްފުއްޓަށް އެ ލޯންޗުން ދަތުރުކުރެއެވެ. މައިދޫ ސްޕީޑުގެ އޮފިޝަލަކު ކޭއޯއަށް މައުލޫމާތު ދެމުން ބުނީ ފުރަަތަމަ ދަތުރުކޮށްފައިވަނީ މިދިޔަ ޖުލައި މަހު 28 ވަނަ ދުވަހުކަމަށެވެ.

މިމަހު 16 ވަަނަ ދުވަހު ދެވަނަ ދަތުރުކޮށްފައިވާއިރު ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އޮފިޝަލް ބުންޏެވެ. އެގޮތުން މިމަހު 30 ގައި އިތުރު ދަތުރެއް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

ކުޅުދުއްފުށީގެ އިތުރު ހިންނަވަރު އަދި އުނގޫފާރަށް ސިއްހީ ހިދުމަތަށް ދާން ބޭނުންވާ ފަރާތްތަކަށް ވެސް މި ލޯންޗުންދަނީ ދަތުރުތައް ބާއްވަމުންނެވެ. މައިދޫ ސްޕީޑް ލޯންޗަކީ ކާށިދޫއާއި މާލެއާއި ދެމެދު ދަތުރުކުރާ ފެރީ ލޯންޗެކެވެ.

މައިދޫ ސްޕީޑުން މިފަދަ ދަތުރުތަކެއް ރޭވުމުގެ މަގުސަދަކީ ޕެންޑެމިކްތެރޭ މާލެއަށް ދަތުރުކުރުން އުދަނގުވެފައިވާތީއާއެކު ސިއްހީ ހިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ފަސޭހައިން ހޯދައިދިނުމެވެ. އެގޮތުން ކުޅުދުއްފުއްޓަށް ދަތުރުތައް ފެށީ ހިންނަވަރު އަދި އުނގޫފާރުން ނުލިބޭ ހިދުމަތްތައް ކޭއާރުއެޗުން ލިބޭތީ އެމަގު ފަހިކޮށްދިނުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355