twitterviber whatsapp telegramfacebookyoutube instagram
26th September 2026

ކޮވިޑް ޖެހިގެން 64 އަހަރުގެ މީހަކު މަރުވެއްޖެ

ޚަދީޖާ އާދަމް
Aug 17, 2020

ކޮވިޑް-19 ޖެހިގެން ރާއްޖޭން އަނެއްކާވެސް މީހަކު މަރުވެއްޖެ އެވެ. މި މަހު މިހާތަނަށް ރާއްޖޭން ވަނީ ކޮވިޑް ޖެހިގެން ހަތް މީހަކު މަރުވެފަ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުން އައި 64 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

ކޮވިޑް ޖެހިގެން ރާއްޖޭން މަރުވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. މިއީ ބަލީގައި ރާއްޖެއިން މަރުވި 23 ވަނަ މީހާ އެވެ. ރާއްޖެއިން މިހާތަނަށް 5،785 މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން ފަރުވާދެމުން އަންނަނީ 2،414 މީހުންނަށެވެ. އަދި 3،349 މީހުން ވަނީ ރަނގަޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293