twitterviber whatsapp telegramfacebookyoutube instagram
16th April 2024

ހެލްތު މިނިސްޓްރީ ހިންގުން އަސްލަމްއާ ހަވާލުކުރައްވައިފި

Aug 18, 2020
1

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވެފައިވާ ވެންޓިލޭޓަރުތަކެއް ގަތުމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހިނގާފައި ހުރިކަމަށް ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓަކުން ހާމަކުރުމާ ގުޅިގެން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަމިއްލަފުޅަށް މަސައްކަތުން ދުރަށް ވަޑައިގެންފައިވާއިރު، އެ މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ ހަވާލު ކުރައްވައިފި އެވެ.

ހެލްތު މިނިސްޓްރީގެ ހާއްސަ އޮޑިޓެއް ކުރީ ކޮވިޑް-19 އާ ގުޅިގެން އެކި އިދާރާތަކުން ހިންގި މަސައްކަތްތަކުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ކަމަށް ކުރި ތުހުމަތުތަކާ ގުޅިގެން އެކަންކަން ބަލަން މަޖިލީހުން ފާސްކޮށް، އެންގެމުންނެވެ.

ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އެ އޮޑިޓާ ގުޅޭ ގޮތުން އޮޑިޓަރު ޖެނެރަލް އާންމު ކުރެއްވި ރިޕޯޓުގައި އެ މިނިސްޓްރީން ހިޔާނާތަށް މަގުފަހިވާ ގޮތަށް މަސައްކަތްކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިދިޔަ އާދިއްތަ ދުވަހު ނެރުއްވި ހެލްތު މިނިސްޓްރީގެ އޮޑިޓުގައި ވަނީ ވެންޓިލޭޓަރު ގަތުމުގައި މަކަރާއި ހީލަތް ހަދައި މާލިއްޔަތު ގާނޫނާ ޚިލާފަށް ހިންގި ކަންތައްތަކެއް ފަޅާއަރުވާލައިފަ އެވެ.

އެކަމާ ގުޅިގެން، މިނިސްޓަރު އަމީން ސޮއި ކުރައްވައި، ރައީސް ސޯލިހަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެ ރިޕޯޓާ ގުޅިގެން ކަމާ ގުޅޭ މުއައްސަސާތަކުން މައްސަލަ ތަހުގީގުކޮށް ގޮތެއް ނިންމަންދެން ނުވަތަ ރައީސް ވަކި ގޮތެއް އަންގަވަންދެން ހެލްތު މިނިސްޓްރީގެ މަސައްކަތްތަކުން އެކަހެރިވުމަށް ގަސްތު ކުރައްވާ ކަމަށެވެ.

އޮޑިޓާ ޖެނެރަލް ނެެރެފައިވާ ރިޕޯޓްގައި ބުނެފައިވަނީ ދުބާއީ ކުންފުންޏަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރިއިރު އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ބަލާފައި ނުވާ ކަމަށެވެ. އެ ކުންފުންޏާއި 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ 34,502,250 ރުފިޔާއަށް ކަމަށާ މިފަދަ ބޮޑު މަޝްރޫއެއް ކުންފުންޏަކާއި ހަވާލުކުރާއިރު އެކަން ކުރެވޭނެ މާލީ އަދި ފަންނީ ގާބިލްކަން ލިބިފައިވާ ކުންފުންޏެއްކަން ބަލަން ޖެހުނު ނަމަވެސް އެކަން ކޮށްފައިނުވާ ކަމަށް ވަނީ ބުނެފައެވެ.

ރާއްޖެ އަށް ވެންޓިލޭޓަރު ގެންނަން ހޮވި ތިން ކުންފުނީގެ ތެރެއިން މެޑްޓެކާއި ނާޑު ކުންފުންޏާ ހަވާލުކުރީ ވެސް މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަމަށް އޮޑިޓުގައިވެ އެވެ. މީގެތެރެއިން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަކީ، ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުނި ވެސް މެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355