twitterviber whatsapp telegramfacebookyoutube instagram
10th June 2026

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދު 6000 އަށް އަރައިފި

ޚަދީޖާ އާދަމް
Aug 19, 2020

އިއްޔެ ވެސް ރާއްޖޭން 170 މީހުން ކޮވިޑް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ ތެރެއިން 134 މީހުންނަކީ ދިވެހީން ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

އިއްޔެ ކޭސްތަކުގެ ތެރެއިން 169 ކޭސް ފެނިފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ. ދިވެހީންގެ އިތުރުން ދެން ޕޮޒިޓިވް ވެފައިވަނީ 23 ބަންގްލަދޭޝް މީހުންނާއި 7 އިންޑިއާ މީހުންގެ އިތުރުން ދެކުނު އެފްރިކާ މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ޖުމުލަ އަދަދު 6،099 އަށް ވަނީ އަރާފަ އެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،407 އެވެ. ކޮވިޑްޖެހިފެން 24 މީހަކު މަރުވެފައިވާއިރު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 3،485 އެވެ.

މިއަދާ ހަމައަށް މާލޭ ފިޔަވައި ރާއްޖޭގެ 18 ރަށަކުން އެކްޓިވް ކޭސްތައް ވަނީ ފެނިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355