twitterviber whatsapp telegramfacebookyoutube instagram
28th June 2026

ނިއު ނޯމަލްގައި ސްކޫލުތަކުގައި ކިޔަވައިދޭ ގަޑިތައް ކުރުކުރަނީ

ޚަދީޖާ އާދަމް
Aug 19, 2020

ކޮވިޑް-19 އާ ގުޅިގެން މިހާރު އޮތް ނިއު ނޯމަލްގައި ސްކޫލުތަކުގައި ކިޔަވައިދެމުން ދާ ގަޑިތަކުގެ ދިގުމިނަށް ބަދަލު ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ހުރިހާ ސްކޫލުތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން އާންމު ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއެކުގައިވެސް ތަފާތު މަންސަތަކުގެ އެހީގައި ދަނީ ދަރިވަރުންނަށް ކިޔަވައިދެމުން ކަމަށެވެ.

މިނިސްޓްރީއިން ބުނީ މީގެކުރީން 45 މިނެޓަށް ނަގައިދެމުން ގެންދިޔަ ޕީރިއަޑުތަކުގެ ދިގުމިން ވަނީ މިހާރު 35 މިނެޓަށް ކުރު ކުރުމަށް ނިންމާފައި ކަމަށާއި މިނިސްޓްރީއިން ބުނީ އެގޮތަށް ނިންމާފައިވަނީ ޕްރިންސިޕަލުންނާއި ޓީޗަރުންނާ މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވަނީ އަލަށް ގެންނަ ބަދަލާއެކު ސެޝަންގެ ތެރެއިން އަތް ދޮވުމާއި އެހެން ކަންކަމަށް އެއްގަޑިއިރު ލިބޭގޮތަށް ސެޝަންގެ ދިގުމިން ހަތަރު ގަޑިއިރަށްވުރެ ދިގު ނުވާނެ ގޮތަށް ކްލާސްތައް ރޭވުމަށް އެދޭ ކަމަށެވެ.

މި ބަދަލުތަކާއެކު ހަފްތާއެއްގައި މާއްދާއަކަށް ކިޔަވައިދޭ ވަގުތަށްވެސް ބަދަލު އަންނާނެ ކަމަށް މިނިސްޓްރީއިން ބުނެފައިވެ އެވެ. އަދި އުސޫލުގައި ބުނެފައިވާ ގަޑިއަށް ފެތޭ ވަރަށް ކްލާސް ނުގެންދެވޭ ނަމަ އެ ގަޑި އޮންލައިންކޮށް ނެގުމަށްވެސް ސާކިއުލާގައި ފާހަގަކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355