twitterviber whatsapp telegramfacebookyoutube instagram
12th June 2025

ކޮވިޑް ޓެސްޓު ކުރުމަށް ރާއްޖޭން މިހާތަނަށް ލައްކައަކަށް ވުރެ ގިނަ ސާމްޕަލް ނަގައިފި

ޚަދީޖާ އާދަމް
Aug 27, 2020

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ ނިސްބަތް އިތުރު ވެފައިވާއިރު މިހާތަނަށް ބައްޔަށް ޓެސްޓު ކުރުމަށް ލައްކައަކަށް ވުރެ ގިނަ ސާމްޕަލްވަނީ ނަގާފައެވެ.

އެޗްޕީއޭއިން އާންމު ކުރާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ރިޕީޓެޑް ސާމްޕަލްތަކާއި އެކު 106،909 ސާމްޕަލްވަނީ ނަގާފައެވެ.

އެގޮތުން 25 އޮގަސްޓުގެ ހަވީރު 6 ން ފެށިގެން އިއްޔެ ހަވީރު 6 ހަމައަށް 1054 ސާމްޕަލް ވަނީ ނަގާފައެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް މިހާރު ބަލި ފެތުރެމުންދާއިރު މިިދިޔަ އާދިއްތަ ދުވަހުން ފެށިގެން އިއްޔެއާއި ހަމައަށް އަތޮޅު ތެރެއިން 32 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައެވެ. މިހާތަަނަށް ބަލިޖެހިގެން 28 މީހަކު މަރުވެފައިވާއިރު 162 މީހަކަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.

އިއްޔެގެ ނިޔަލަށް ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 4،561 އަރާފައެވެ. މިވަގުތު އައިސޮލޭޝަން ފެސިލިޓީގައި ތިބީ 1،458 މީހެކެވެ.

މާލެ ސަރަހައްދުން އައިޖީއެމްއެޗާއި އޭޑިކޭ އަދި ޓްރީ ޓޮޕްގެ އިތުރުން ކޮވިޑަށް ޓެސްޓް ހަދައިދެމުން އަންނަނީ ކުޅުދުއްފުށީ ރިޖަނަލް ހޮސްޕިޓާލް (ކޭއާރުއެޗް) އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން (އޭއީއެޗް)އިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355