twitterviber whatsapp telegramfacebookyoutube instagram
2nd August 2026

ހުޅުމާލޭގައި ރޭ މަރުވި ޒުވާނާ ކޮވިޑަށް ޕޮޒިޓިވް

ޚަދީޖާ އާދަމް
Aug 29, 2020

ރޭ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއަރު މަރުވެފައި އޮތް 21 އަހަރުގެ ޒުވާނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްއީއޯސީއިން ވެސް ފަހުންވަނީ އެ ކުއްޖާ ކޮވިޑަށް ޕޮޒިޓިވްކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެ ޒުވާނާގެ މަރަކީ ކޮވިޑްގެ މަރެއްގެ ގޮތުގައި ނުބަލާ ކަމަށް ވެސް އެޗްއީއޯސީއިން ބުންޏެވެ.

އުމުރުން 21 އަހަރުގެ ފާތުމަތު ޒަހާ އަހުމަދު ޝަކީލް، ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައެވެ.

ފުލުހުން ބުނާ ގޮތުގައި އޭނާ ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ. އެކަމަކު އޭނާ ގެންދިޔައީ ގެއިން ކަމެއް ނުވަތަ އެހެން ތަނަކުން ކަމެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންދާއިރު ޒަހާގެ މަރާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355