twitterviber whatsapp telegramfacebookyoutube instagram
26th September 2026

ކޭއާރުއެޗްގެ ޕަބްލިކް ހެލްތުގެ އާންމު ހިދުމަތްތައް މެދުކަނޑާލައިފި

ޚަދީޖާ އާދަމް
Aug 29, 2020

ކުޅުދުއްފުށިން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން ކުޅުުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ޕަބްލިކް ހެލްތު ޔުނިޓްގެ ހިދުމަތްތައް މެދު ކަނޑާލައިފި އެވެ.

އެ ޔުނިޓުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ 29 އޮގަސްޓު ވަނަ ދުވަހު ކުޅުދުއްފުށިން ކޮވިޑް-19 ގެ ކޭސްއެއް ފެނުމާއި ގުޅިގެން ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ނިމެންދެން އެނިޓުން ދެމުން ދާ ހިދުމަތްތަކުގެ ތެރެއިން ތުއްތު ކުދިން ބަރުދަން ބެލުމާއި، ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކު އަދި މާ ބަނޑު މީހުންގެ ކްލިނިކު ނޯންނާނެ ކަމަށެވެ.

ކުޅުދުއްފުށިން ޕޮޒިޓިވް ވެފައިވަނީ އިތުރު ފަރުވާއަށް މާލެގެންދިޔަ އުމުރުން 7 އަހަރުގެ ފިިރިހެން ކުއްޖެކެވެ. އެ ކުއްޖާ ޕޮޒިޓިވްވިކަން އެނގުނީ މާލެ ގެންގޮސް ހެދި ޓެސްޓުންނެވެ.

މި ވަގުތު ވަނީ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތަށް ރަށުން އަރައި ފޭބުން މަނާކޮށްފައެވެ. އަަދި ކަރަންޓީނުގެ ހާލަތުން ރަށް ނަގަންދެން ސްކޫލުތަކުގެ ކިޔެވުންވެސް ވަނީ ބަންދުކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293