twitterviber whatsapp telegramfacebookyoutube instagram
17th May 2024

އަންނަ މަހު 15 ގައި ގެސްޓްހައުސް ހުޅުވަން ހުއްދަ ދެނީ

ޚަދީޖާ އާދަމް
Sep 1, 2020

އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން، ރާއްޖޭގެ ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭން ނިންމައިފި އެވެ. ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭން ނިންމާފައިވަނީ ރޭ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް ސިނާއަތުގެ ބައެއް ފަރާތްތަކާއި ގެސްޓްހައުސްގެ ވެރިން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން ހެޕްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ޓާސްކް ފޯސް އިން ބައިވެރިވެފައިވެ އެވެ.

ފުރަތަމަ ގެސްޓްހައުސް ހުޅުވަން ނިންމީ އޮގަސްޓް މަހުގެ 15 ގަ އެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލި ފެތުރޭތީ އެ ތާރީހު ސަރުކާރުން ވަނީ ފަސްކޮށްފަ އެވެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ބުނެފައިވާ ގޮތުގައި ގެސްޓްހައުސް ސިނާއަތަށް ކޮވިޑް-19 ގެ ސަބަބުން 30 މިލިއަން ޑޮލަރުގެ ގެއްލުން ވަނީ ވެފަ އެވެ. ރާއްޖޭގައި 600 ގެސްޓްހައުސް ހުރިއިރު، ގެސްޓްހައުސް ސިނާއަތް ވެފައިވަނީ މިހާރު އާއްމު ފަރުދުންނަށް އާމްދަނީ ލިބެން އޮތް ފުޅާ ވަސީލަތަކަށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާތީ، ބޯޑަރު ބަންދުކޮށްފައިވަނީ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. އަދި ތިން މަހަށް ވުރެ ގިނަ ދުވަހަށް ފަހު ބޯޑަރު ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. ބޯޑަރު ހުޅުވާލި ނަމަވެސް ޓޫރިސްޓުން ގެންނަ ހުއްދަ ދީފައިވަނީ ރިސޯޓްތަކާއި ސަފާރީތަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355