ކޮވިޑް ފެތުރިފައިވޭތޯ ބެލުމަށް މިއަދު ކުޅުދުއްފުށީގައި ރޭންޑަމް ސާމްޕަލްތަކެއް ނެގުމަށް ނިންމާފައިވާ ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނެފި އެވެ.
އެ ހޮސްޕިޓަލުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއަދު މެންދުރުފަހު 2 ން ހަވީރު 6 އަށް ރޭންޑަމް ސާމްޕަލް ނެގުމަށް ނިންމާފައިވާކަމަށާއި އެގޮތުން 86 ސާމްޕަލް ނަގާނެ ކަމަށެވެ. އަދި މިކަަމަށް ހުރިހާ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދިނުމަށް ވަނީ އެދިފައެވެ.
As a part of the next step in the safety of the community we will conduct a random COVID-19 surveillance testing today at Kulhudhuffushi City from 1400-1800 hours. We request the full cooperation and support of the public. Thank you. pic.twitter.com/lDtTOLzbS7
— Kulhudhuffushi Regional Hospital (@KRHmv) September 2, 2020
ކުޅުދުއްފުށީގައި ރޭންޑަމް ސާމްޕަލް ނެގުމަށް ނިންމާފައިވާއިރު މިދިޔަ ހަފްތާގައި ކުޅުދުއްފުށީ ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެ ފޮނުވާލި އުމުރުން 7 އަހަރުގެ ކުއްޖަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އެ ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ފާހަގަވި 60 މީހުންގެ ތެރެއިން ކްލޯޒް ކޮންޓެކުޓްގެ ގޮތުގައި ފާހަގަ ކުރެވުނު 24 ފަރާތެއްގެ ސާމްޕަލްވަނީ ނަގާފައެވެ. ނަމަވެސް މި އެންމެންނެ ނަތީޖާވެސް ނެގެޓިވްކަން ފާހަގަކޮށްލެއެވެ.