twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށިން މާލެ ގެންދިޔަ ކުއްޖާގެ ދެވަނަ ސާމްޕަލް ނެގެޓިވް

ޚަދީޖާ އާދަމް
Sep 6, 2020
2

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މިދިޔަ އޮގަސްޓް މަހު 28 ވަނަ ދުވަހު އެމެޖެންސީގައި މާލެ ފޮނުވާލި 7 އަހަރުގެ ފިރިހެން ކުއްޖާ ދެވަނަ ފަހަރަށް ކޮވިޑަށް ޓެސްޓްކުރުމުން ނެގެޓިވްވެފައިވާކަމަށް އާއިލާއިން ބުނެފި އެވެ.

ފުރަތަމަ ނެގި ސާމްޕަލުން ހެދި ޓެސްޓުން ކުއްޖާ ޕޮޒިޓިވްވި ކަން އެންގީ އައިޖީއެމްއެޗަށް ގެންދިޔުމުން ހެދި ސްކްރީނިންއަކަށް ފަހު ކޮވިޑް ޓެސްޓް ހަދަން ޖެހޭކަން ފާހަގަވުމުން އެޑްމިޓް ކުރުމުގެ ކުރިން ހެދި ޓެސްޓުންނެވެ. އެކަމަކު އެ ކުއްޖާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ ކޮވިޑް ބަލީގެ އެއްވެސް އަލާމާތެއް ހުރެގެނެއް ނޫނެވެ.

އެ ކުއްޖާގެ އާއިލާގެ މީހަކު ކޭއޯއަށް މައުލޫމާތު ދެމުން ބުނީ ކުއްޖާގެ ދެވަނަ ސާމްޕަލް ނެގެޓިވްވެފައިވާ ކަމަށެވެ.

އެކުއްޖާ އައިޖީއެމްއެޗުގައި އެޑްމިޓް ކުރުމުގެ ކުރިން ހެދި ފުރަތަމަ ކޮވިޑް ޓެސްޓު ޕޮޒިޓިވްވުމާ ގުޅިގެން އޮގަސްޓް 29 ވަނަ ދުވަހު ވަނީ ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތައް ގެނެސް ކުއްޖާގެ އެންމެ ކްލޯޒް ކޮންޓެކްޓުގެ ގޮތުގައި ފާހަގަ ކުރެވުނު 24 މީހެއްގެ ސާމްޕަލްވެސް ނަގާފައެވެ. ނަމަވެސް އެ އެންމެން ވަނީ ކޮވިޑަށް ނެގެޓިވް ވެފައެވެ.

އަދި އެ ކުއްޖާއާއެކު މާލޭ ދިޔަ ކުއްޖާގެ މަންމަ އާއި ބައްޕަވެސް ޓެސްޓްކުރުމުން ވަނީ ނެގެޓިވްވެފައި އެވެ.

ފުރަތަމަ ޓެސްޓުން ޕޮޒިޓިވްވުމާއި ގުޅިގެން ކުޅުދުއްފުށިގައި ވަނީ ރޭންޑަމް ސާމްޕަލް ނެގުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން 72 ސާމްޕަލް ނަގާފައިވާއިރު އެހުރިހާ ސާމްޕަލްތަކެއްވެސް ނެގެޓިވްކަން ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355