twitterviber whatsapp telegramfacebookyoutube instagram
26th September 2026

އިހަވަންދޫގައި މަސައްކަތް ކުރަންދިޔަ ހަތް މީހަކު ޕޮޒިޓިވްވެއްޖެ

ޚަދީޖާ އާދަމް
Sep 13, 2020

ހއ. އިހަވަންދޫގެ ސްކޫލު އިމާރާތް ކުރުމުގެ މަސައްކަތަށް މާލެއިން ގެންގޮސްފައިވާ ހަތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އިހަވަންދޫ ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓާ މުހައްމަދު އަކްރަމް "ސަން" އަށް ވިދާޅުވީ އެމީހުން މާލެއިން އިހަވަންދޫއަށް ގެންގޮސްފައިވަނީ އެރަށު ސްކޫލުގައި ކުރިއަށްދާ އިމާރާތެއްގެ މަސައްކަތް ކުރުމަށް ކަމަށާއި އެމީހުން ހޯމް ކަރަންޓީނުގައި ތިބެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އުސޫލާ އެއްގޮތަށް މަސައްކަތް ކުރުމަށް ކަމަށެވެ.

ޕޮޒިޓިވް ވެފައިވާ ހަތް މީހުންގެ ތެރޭގައި ހިމެނެނީ ހަ ބިދޭސީންނާއި ދިވެއްސެއް ކަމަށެވެ. އެމީހުން މަސައްކަތް ކުރަމުން ގެންދިޔައީ ހަވީރު 6 ން ރޭގަނޑު 11 އަށްކަމަށްވެސް އަކްރަމް ވިދާޅުވި އެވެ. އަދި އެ މީހުން މަސައްކަތް ކުރުމަށް ދާ އިމާރާތަކީ ސްކޫލުގައި ވަކިން ހުންނަ އިމާރާތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ހުރިހާ އެންމެންގެވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ނިމިފައިވާއިރު އެއިން އެއްވެސް މީހެއްގެ ކޮންޓެކްޓެއް ނުވާ ކަމަށް އަކްރަމް ފާހަގަކުރެއްވިއެވެ.

ރަށުން ވައިރަސްގެ ކޭސްތައް ފެނުމުން އެރަށުގައި ރައްކާތެރި ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293