twitterviber whatsapp telegramfacebookyoutube instagram
1st July 2025

ކޮވިޑް ޖެހިގެން އިތުރު ދިވެއްސަކު މަރުވެއްޖެ

ނަބީލާ އިސްމާޢީލް
Sep 21, 2020

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދިޔަ އިތުރު ދިވެއްސަކު ރޭގެ ދަންވަރު މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް ޖެހިގެން މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި 90 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 34 ވަނަ މީހާ އެވެ.

ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު މިހާރު 9724 އަށް އަރާފައިވާއިރު އެކްޓިވް ކޭސްތަކުގެ ގޮތުގައި 1،424 މީހުން އެބަތިއްބެވެ.

އެމީހުންގެ ތެރޭގައ ހޮސްޕިޓަލުތަކުން ފަރުވާ ހޯދަމުންދާ 107 މީހުން އެބަތިބި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި 686 މީހަކު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355