twitterviber whatsapp telegramfacebookyoutube instagram
9th August 2026

ޔޫއޭއީއިން ރާއްޖެއަށް ސެނެޓައިޒް ކުރަން ބޭނުންކުރާ ދެ ޓްރަކް ހަދިޔާކޮށްފި

ނަބީލާ އިސްމާޢީލް
Sep 29, 2020

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އިން ރާއްޖެއަށް ސެނިޓައިޒްކުރަން ބޭނުންކުރާ ދެ ޓްރަކް ހަދިޔާކޮށްފި އެވެ.

މި ދެ ޓްރަކް އަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޔީއޭއީ އިން ފޯރުކޮށްދިން އެހީއެކެވެ.

މިތަކެތި ހަދިޔާ ކޮށްދިނުމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޔޫއޭއީއަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މިތަކެތީގެ ސަބަބުން ކޮވިޑް19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި މީގެ ކުރިންވެސް އެ ގައުމުން ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355