twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ރެޑްވޭވް ކުޅުދުއްފުށީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ކޭވައިއާރުސީ، އެންމެ މޮޅު ކުޅުންތެރިއަކަށް ރާޝިދާ

ނަބީލާ އިސްމާޢީލް
Oct 3, 2020
1

ކުއަންޓަމް ހޯލް ސޭލްއާއި ރެޑްވޭވް ގުޅިގެން ކުޅުދުއްފުށީގައި ބޭއްވި ރެޑްވޭވް ކުޅުދުއްފުށީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ކޭވައިއާރުސީ ކާމިޔާބުކޮށް އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އެ ޓީމުގެ ރާޝިދާ މޫސާ އެވެ.

ކޭވައިއާރުސީ ފައިނަލަށް ގޮސްފައިވަނީ ކުޅެވުނު ހުރިހާ މެޗަކުންވެސް މޮޅުވެގެނެވެ. އަދި ފައިނަލްގައި ޓީމް ނިކިއާ ބައްދަލުކޮށް 27-34 ފޮއިންޓުން މޮޅުވެގެންނެވެ.

މިދިޔަ މަހު 20 ން 29 އަށް ތާވަލްކޮށްގެން މުބާރާތް ފެށިނަމަވެސް މޫސުން ގޯސްވުމުންނާއި ކޮވިޑް ކޭސް އެއް ފެނުމުގެ ސަބަބުން އެޗްޕީއޭއިން ކުޅުދުއްފުށީ މޮނިޓަރިންގެ ހާލަތަށް ގެނައުމުގެ ސަބަބުން ފައިނަލް ކުޅެފައިވަނީ މިދިޔަ ބުރާސްފަތި (01 އޮކްޓޯބަރ) ދުވަހުގެ ރޭ 9:00 ގައެވެ.

ކުޅުދުއްފުއްޓަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ކޮންމެ ޓީމަކަށްވެސް ރަށުން ބޭރުން 3 ކުޅުންތެރިން ގެނައުމުގެ ފުރުސަތު ހުޅުވާލި އެވެ. އަދި ގްރޭޑް 8 ފެށިގެން މަތީގެ ގްރޭޑް ތަކުގެ ދަރިވަރުންނަށްވެސް ބައިވެރިވެވޭ ގޮތް އޮތީ ހަމަޖެހިފަ އެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ޓީމު ތަކަކީ ނިއުބީސް، ރަމްބަލްސް، ކޭވައިއާރުސީ، ޓީމް ޔުނިކް ފުރެންޑްސް، ޓީމް ނިކި، ކޮންޓެކްޓް، އަފީފުއްދީން އެސްއާރުސީގެ އިތުރުން ކޭވައިއާރުސީ ޖޫނިއާރސް އާއި ރިބެލްސް އެވެ.

ރަނަރަޕް ޓީމަކަށް ޓީމް ނިކި ވެފައިވާއިރު މުބާރާތުގެ ފެއާރ ޕުލޭ ޓީމަކަށް ހޮވިފައިވަނީ ޓީމް ރިބެލްސް އެވެ.

މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވިފައިވަނީ:
- ރާޝިދާ މޫސާ (ކޭ.ވައި.އާރު.ސީ)
- ޝާހިދާ މޫސާ (ކޭ.ވައި.އާރު.ސީ)
- ފާތިމަތު އާދަމް (ކޭ.ވައި.އާރު.ސީ)
- ނަރީމާ އަބްދު ރަހުމާން (އަފީފުއްދީން އެސް.އާރު.ސީ)
- އިނާލާ އަބްދުﷲ (ޓީމް ނިކި)
- ހަދީޖާ އަބޫބަކުރު (ޓީމް ނިކި)
- ޔުމްނާ އަލީ (ޓީމް ނިކި)

އެންމެ މޮޅު 7 ކުޅުންތެރިންނަށް ޓްރޮފީއާއި ގިފްޓް ޕެކެއް ވަނީ ދީފަ އެވެ.

އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ:
- އާމިނަތު ރާޔާ އަބްދު ރައްޒާގު ( ކޭ.ވައި.އާރު.ސީ ޖޫނިއާ)

އެންމެ އުންމީދީ ކުޅުންތެރިއާއަށް ޓްރޮފީގެ އިތުރުން ގިފްޓް ޕެކާއި ޓީވީއެއް ވަނީ ހަދިޔާކޮށްފަ އެވެ.

ބެސްޓް ސަޕޯޓަރ އަކަށް ހޮވިފައިވަނީ:
- އާމިނަތު ސުމާ

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ:
- ރާޝިދާ މޫސާ (ކޭ.ވައި.އާރު.ސީ)

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާއަށް ޓްރޮފީގެ އިތުރުން ގިފްޓް ޕެކާއި ޓީވީއެއް ވަނީ ހަދިޔާކޮށްފަ އެވެ.

މުބާރާތުގައި ޗެމްޕިއަން ޓީމަށާއި ވަނަ ވަނަ އަށް ދިޔަ ފަރާތްތަކަށް ތައްޓާއި އިނާމު ހަވާލުކޮށްދެއްވާ މެޗް ޝަރަފްވެރ ކޮށްދެއްވީ ހެޑް އޮފް އަޕާރ ނޯތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަޝްވާ، ހދ.އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓް އޮފް ޕޮލިސް މާޒިން މުހައްމަދު، އަފީފުއްދީން ސްކޫލް ޕްރިންސިޕަލް ނާސިހާ އިދުރީސްގެ އިތުރުން ކުޅުދުއްފުށީ ކައުސިލްގެ މެމްބަރު ސަމާ އަލީ އާއި ޔޫތް މިނިސްޓްރީގެ ޔޫތް އެގްޒެކިއުޓިވް ޝައުފާ އިބުރާހިމް ހިލްމީ އެވެ.

ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް ޓްރޮފީ އާއި މެޑެލްގެ އިތުރުން ކޮންމެ ކުޅުންތެރިއަކަށްވަނީ ހަދިޔާއެއް ދީފަ އެވެ.

މި މުބާރާތަކީ ކުއަންޓަމް ހޯލްސޭލުން ރެޑްވޭވް ޕްރޮޑެކްސްތައް ވިއްކަން ފެށުމާއި ގުޅިގެން އެކަން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި މުބާރާތެކެވެ. ކުޅުދުއްފުށީ ކުއަންޓަމް ހޯލްސޭލުން މިހާރު ރެޑްވޭވްގެ ޕްރޮޑަކްސްތައް ލިބެން ހުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355