twitterviber whatsapp telegramfacebookyoutube instagram
19th April 2024

ސެޕްޓެމްބަރުމަހު 138 ރަށަކުން 9000 މީހުން ކޭއާރުއެޗުން ހިދުމަތް ހޯދާފައިވޭ

ޚަދީޖާ އާދަމް
Oct 6, 2020

މިދިޔަ ސެޕްޓެމްބަރުމަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން 138 ރަށަކުން 9000 މީހުން ހިދުމަތް ހޯދާފައިވާކަމަށް ކޭއާރުއެޗުގެ މެނޭޖަރ ހެލްތް ސާވިސަސް އަހުމަދު ދާއޫދު ވިދާޅުވެއްޖެ އެވެ.

ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި އަހުމަދު ވިދާޅުވީ މިދިޔަ މަހު 138 ރަށަކަށް ނިސްބަތްވާ ރައްޔިތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހިދުމަތް ހޯދާފައިވާ ކަމަށާއި ރަނގަޅު ކުރަން ޖެހޭ ގިނަ ކަންކަން ހުރުމާއިއެކު ވެސް ކުޅުދުއްފުށީ ރައްޔިތުން ހުރިހާ ފަރާތްތަކަށްވެސް ފަސޭހަ ވާނެހެން ކަންކަން އިންތިޒާމްކޮށްފައިވާކަމަށެވެ.

މީގެ އިތުރުން މިދިޔަ ސެޕްޓެމްބަރު މަހު ކުޅުދުއްފުށީ މޮނީޓަރިންގެ ހާލަތުގައި 5 ދުވަހު އޮތުމާއެކުވެސް 9000 މީހުން ހިދުމަތް ހޯދާފައިވާކަން ފާހަގަކުރައްވާ، އެކަމާއި ގުޅިގެން ކުޅުދުއްފުށީގެ ރައްޔިތުންގެ އިތުރުން ރާއްޖޭގެ ގިނަ ރައްޔިތުންތަކަށް ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދިޔަކަމަށް އަހުމަދު ވިދާޅުވި އެވެ.

ފާއިތުވެ ދިޔަ ސެޕްޓެންބަރު މަހަށް އެކަނި ބަލާލި ކަމުގައިވިޔަސް 138 ރަށަކަށް ނިސްބަތްވާ ރައްޔިތުން މި ވަނީ ކުޅުދުއްފުށީ...

Posted by 𝘼𝙝𝙢𝙚𝙙 𝘿𝙖𝙬𝙤𝙤𝙙 on Monday, October 5, 2020

އެގޮތުން ފަރުދީ ޒިންމާ އަދާކުރުމުގައި ޒިންމާދާރު ވުމަށާއި، ގަވައިދުތައް ހެދުމުގައި ރަނގަޅަށް ކާމިޔާބު ކަމާއެކު ހިނގަމުން އަންނަ ކަންކަމަށް ލޮޅުން ނާރާނެ ފަދަ ގޮތަކަށް ކަންކަން ބައްޓަކުން ކުރުމަށް އަހުމަދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ސެޕްޓެމްބަރު މަހު ކުޅުދުއްފުށީ މޮނީޓަރިންގެ ހާލަތަށް ގެނައީ ކުޅުދުއްފުއްޓާ މާލެއާއި ދެމެދު ދަތުރު ކުރާ ބޯޓެއްގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެގޮތުން 25 ސެޕްޓެމްބަރުގައި މޮނީޓަރިންނަށް ލުމަށްފަހު ހާލަތު އުވާލާފައިވަނީ 28 ސެޕްޓެމްބަރުގައެވެ.

ފާޅުބޯޓުގެ ކޭސްއާ ގުޅިގެން ކޭއާރުއެޗުން ދަނީ އޯޕީޑީއަށް އަންނަ މީހުންގެ ތެރެއިން އަލާމާތް ހުންނަ ފަރާތްތަކުގެ ސާމްޕަލް ނަގަމުންނެވެ. އެގޮތުން އިއްޔެ ޕޮޒިޓިވްވެފައިވާ ފަރާތަކީ އެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ އިރު ހުސްއައިސް ހުރުމުން ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގި މީހެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355