twitterviber whatsapp telegramfacebookyoutube instagram
31st October 2026

ދައުލަތުގެ މުވައްޒަފުން މުސާރައާއި ދޮށީ އުމުރު މީހުންގެ އިނާޔަތް ދެވޭވަރަށް ފައިސާ އެބަހުރި: ފިނޭންސް މިނިސްޓަރ

ނަބީލާ އިސްމާޢީލް
Oct 11, 2020
2

ސިވިލް ސަރވިސް މުވައްޒަފުންނަށް މުސާރަދެވޭ ވަރަށާއި ދޮށީ އުމުރު މީހުންނަށް ދޭންޖެހޭ އިނާޔަތް ދެވޭވަރަށް ފައިސާ އެބަހުރި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ދައުލަތުގެ މުވައްޒަފުންނަށް ކިހާ ދުވަހަކު މުސާރަ ދެވޭވަރަށް ފައިސާ ހުރިތޯ އާއި 65 އަހަރުން މަތީ މީހުންނަށް ކިހާ ދުވަހަކު ފައިސާ ދެވޭނެ ވަރަށް ދައުލަތުގައި ފައިސާ ހުރިތޯ އެއްސެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުގައި ވެސް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދެމުން ގެންދާނެ ކަމަށާއި މި ހާލަތުގައި ވެސް ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ކުޑަކޮށްފައި ނުވާނެ ކަމަށާއި މުސާރަ ކުޑަކުރީ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ މީހުންގެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޭޝް ފްލޯ އަންނަނީ ބަރާބަރަށް މެނޭޖްކުރަމުންކަމަށާއި އެއްވެސް ޕްރޮޖެކްޓެއް ނުހުއްޓި ކުރިޔަށްދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293