twitterviber whatsapp telegramfacebookyoutube instagram
26th September 2026

ކޮވިޑް ޖެހިގެން އިތުރު ދިވެއްސަކު މަރުވެއްޖެ

Oct 11, 2020

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު ދިވެއްސަކު މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ އުމުރުން 56 އަހަރުގެ ދިވެއްހި އަންހެނެއް ކަމަށެވެ.

އެ މީހާ ނިޔާވެފައިވަނީ މިއަދު މެންދުރު 2:20ގައި ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި މަރުވި 35 ވަނަ މީހާއެވެ.

މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން މަރުވެފައިވަނީ 28 ދިވެހިންނާއި 7 ބިދޭސީއެކެވެ.

ރާއްޖޭއިން މިހާތަނަށް 10859 މީހުންނަށް މި ބަލި ޖެހިފައިވާއިރު މި ވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 1135 މީހުންނެވެ. އޭގެ ތެރެއިން 74 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293