twitterviber whatsapp telegramfacebookyoutube instagram
26th September 2026

ކޮވިޑް ޖެހިގެން ދިވެއްސަކު މަރުވެއްޖެ

ނަބީލާ އިސްމާޢީލް
Oct 17, 2020

ކޮވިޑް-19 އަށް ފަރުވާ ދެމުންދިޔަ ދިވެއްސަކު މިއަދު ހެނދުނު މަރުވެއްޖެ ކަމަށް އެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ހެނދުނު 07:00ގައި މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިއަ 67 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއަދުގެ މަރާއެކު ކޮވިޑު ޖެހިގެން ރާއްޖޭގައި މަރުވި މީހުން އަދަދު ވަނީ 36 އަށް އަރައިފަ އެވެ.

އެޗްޕީއޭއިންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިވަގުތު ރާއްޖޭގައި 1،117 މީހުން ކޮވިޑް-19 ޖެހިފައި އެބަ ތިއްބެވެ. އޭގެ ތެރެއިން 49 މީހަކަށް ހޮސްޕިޓަލުތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 11،154 އެވެ.

އަތޮޅުތަކުން 20 ރަށެއްގައި 69 މީހަކަށް ބަލިޖެހިފައި ވެއެވެ. އެޗްޕީއޭއިން ބުނީ 19 ރިސޯޓެއްގައި 15 ފަތުރުވެރިންނާއި 25 މުވައްޒިފުންނަށް ވެސް ބަލި ޖެހިފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293