twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީގައި ކޮވިޑް ފެތުރިދާނެކަމުގެ ބިރުވެރިކަމާއެކު ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

ނަބީލާ އިސްމާޢީލް
Oct 18, 2020
4

ކުޅުދުއްފުށިން ކޮވިޑް-19 އަށް ޕޮޒިޓިވް ފަރާތްތަކެއް ފެނުމާއެކު އެ ރޯގާ ރަށުގައި ފެތުރިދާނެ ކަމުގެ ބިރުވެރިކަން ބޮޑުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކުޅުދުއްފުށީ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.

ރައްކާތެރިވުމަށް އެދި ކައުންސިލުން ނެރުނު އިއުލާނުގައި ބުނީ ކުޅުދުއްފުށީގައި ކޮވިޑް-19 ރޯގާގެ ބިރުވެރިކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތައް އެޅުމަށާއި ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދަށް ފުރިހަމައަށް ބޯލެބުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރާކަމުގަ އެވެ.

އެގޮތުން ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ބޭރަށް ނުނިކުތުމަށާއި ބޭރަށް ނުކުންނަނަމަ މާސްކު އަޅައި ގައިދުރުކަން ބެހެއްޓުމަށް އެދޭކަމަށެވެ. އަދި ނަމާދަށް މިސްކިތަށްދާ ނަމަ މާސްކު އެޅުމާއި، މުސައްލައެއް ހިފައިގެން މިސްކިތަށް ދިއުމަށާއި، ގެއިން ވުޟޫ ކޮށްގެން ދިއުމާއި، ކުޑަކުދިންނާއި މުސްކުޅިން ނަމާދުގެ ޖަމާއަތުގައި ބައިވެރި ނުވުމާއި، ބަލީގެ އަލާމާތެއް ހުރިނަމަ ޖަމާއަތަށް ނުދިއުންމަށް އެދެ އެވެ.

ވިޔަފާރި ކުރުމަށް ފިހާރަތަކަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށް މުދަލަށް އޯޑަރު ކުރެއްވުން އާންމު ސާފުތާހިރުކަމަށް ސަމާލުވުމާއި ގިނަ ގިނައިން އަތްދޮވުމަށް އިލްތިމާސްކުރެ އެވެ.

މާލެއިން ތިލަދުންމައްޗަށް ދަތުރުކުރި ފުލުހުންތަކަކާ ކޮންޓެކްޓްވެ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު ޕޮޒިޓިވްވެ އޭގެ ފަހުން އެ ޕޮލިހުންނާ ކޮންޓެކްޓްވެފައިވާ 17 އެއްހާ މީހުންވަނީ ޕޮޒިޓިވްވެފަ އެވެ.

މި ބަލިމަޑުކަމުން އަރައިގަތުމަށް ސިއްހީ މާހިރުންގެ އިލްތިމާސްތަކަށް ބޯލަނބައި، ކޮންމެ ފަރާތަކުންވެސް ފަރުދީ ޒިންމާ ނަގައިގެން އަމިއްލަ ރައްކާތެރިކަމާއި އާއިލާގެ ރައްކާތެރިކަމަށް ވިސްނާ އަމަލުކުރުން މުހިންމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355