twitterviber whatsapp telegramfacebookyoutube instagram
9th August 2026

ކޮވިޑް ޖެހިގެން މިއަދުވެސް ދިވެއްސަކު މަރުވެއްޖެ

ނަބީލާ އިސްމާޢީލް
Oct 18, 2020

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ މީހަކު މިއަދުވެސް ރާއްޖެއިން މަރުވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު މެންދުރުފަހު 3:50 ގައި މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިއަ 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއަދުގެ މަރާއެކު ކޮވިޑު ޖެހިގެން ރާއްޖޭގައި މަރުވި މީހުން އަދަދު ވަނީ 37 އަށް އަރައިފަ އެވެ.

ކޮވިޑްގައި އިއްޔެވެސް ދިވެއްސަކު ވަނީ މަރުވެފައެވެ. އިއްޔެ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިއަ 67 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޮވިޑަށް ރާއްޖެ އިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11،178 އަށް އަރައިފަ އެވެ. އޭގެ ތެރެއިން 10،097 މީހުން ރަނގަޅުވެފައިވާއިރު މިވަގުތު ފަރުވާދެމުން އަންނަނީ 1،138 މީހުންނަށެވެ.

މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބީ 43 މީހުންނެވެ. އެ އެންމެން ވެސް ތިބީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކަމަށާއި އޭގެ ތެރެއިން ތިން މީހަކަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް އެޗްއީއޯސީން ރޭ ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355