twitterviber whatsapp telegramfacebookyoutube instagram
26th September 2026

ތިނަދޫ ކޮވިޑް ފެސިލިޓީގެ މަސައްކަތް ނިންމާލައިފި

ނަބީލާ އިސްމާޢީލް
Oct 22, 2020

ގދ. ތިނަދޫގައި މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ގާއިމްކުރާ ކޮވިޑް ފެސިލިޓީގެ މަސައްކަތް ނިމިއްޖެކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓީސީސީއިން ބުނީ ތިނަދޫގައި އިމާރާތް ކުރި އެމަރޖެންސީ ކޮވިޑް ފެސިލިޓީގެ މަސައްކަތް ނިންމާ ޕްލޭނިން މިނިސްޓްރީއަށް ހަވާލު ކޮށްފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ ތިނަދޫގައި 22 އެނދުގެ ކޮވިޑް ފެސިލިޓީއެއް ގާއިމު ކުރުމުގެ މަސައްކަތް ފެށީ 25 ސެޕްޓެމްބަރުގައެވެ. އެންމެ 20 ދުވަހުން ނިންމާލާފައިވާ މި ފެސިލިޓީގައި އިންޓެންސިވް ކެއާ ޔުނިޓެއް ގާއިމްކޮށްފައި ވެއެވެ.

ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ގާއިމް ކުރުމަށް ނިންމީ އެ ރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު، ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ފަރުވާ ހޯދުމަށް ގެންދިޔުމުން ރަށަށް ނޭރުވުމުންނެވެ.

ކޮވިޑް- 19 ގުޅިގެން އަތޮޅުތެރޭގެ 5 ސަރަހައްދެއްގައި މެޑިކަލް ފެސިލިޓީސް ސަރުކާރުން ގާއިމް ކުރިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293