twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީގައި އުޅޭ ޒަރޫރީ ބޭނުންތައް ނުފުދިފައި ތިބި މީހުންގެ މައުލޫމާތު އެއްކުރަނީ

ނަބީލާ އިސްމާޢީލް
Oct 24, 2020
1

ކުޅުދުއްފުށީގައި އުޅޭ ޒަރޫރީ ބޭނުންތައް ނުފުދިފައި ތިބި މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުޅުދުއްފުށީ ކޮވިޑް-19 ޓާސްކް ފޯސް އިން ފަށައިފި އެވެ.

ކުޅުދުއްފުށީ ޓާސްކް ފޯސް އިން ބުނީ، އެކަނި ދިރިއުޅޭ އިސް ރަށްވެހިންގެ މައުލުމާތުވެސް ޓާސްކް ފޯސް އިން އެއްކުރަމުންދާ ކަމަށެވެ. އެގޮތުން ފުދުންތެރިކަން ދަށްވުމުގެ ސަބަބުން ޒަރޫރީ ބޭނުން ކަށަވަރުނުވާ އެކަނިވެރި މައިންނާއި ބަފައިން، އެއްވެސް ސަބަބަކާ ހުރެ ޒަރޫރީ ބޭނުންތައް ފުރިހަމަނުވާ މީހުންނާއި އާއިލާތައްވެސް ދެނެގަތުމަށް ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން ތޮއްޖެހިގެން ނުވަތަ ޒަރޫރީ ބޭނުން ނުފުދި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތުވެސް ހޯދުމަށް ބޭނުންވާކަމަށް ޓާސްކް ފޯސް އިން ބުންޏެވެ.

📌ކުޅުދުއްފުށީ ކޮވިޑް-19 ޓާސްކު ފޯސްގެ ފަރާތުން ތީރީގައިވާ ހާލަތްތަކަށް ފެތޭ މީހުން/އާއިލާ ތަކުގެ މަޢުލޫމާތު އެއްކުރުމަށް...

Posted by

href="https://www.facebook.com/KulhudhuffushiCityCouncil/">Kulhudhuffushi Council on Friday, October 23, 2020

ޒަރޫރީ ބޭނުންތަކުގެ ތެރޭގައި ބޯހިޔާވަހި ކަމާއި، ކާބޯތަކެތި، ބޯފެން، ކަރަންޓް ފަދަ އަސާސީ އެންމެހާ ކަންތައް ހިމެނޭނެކަމަށް ޓާސްކް ފޯސް އިން އާންމުކުރި ނޯޓްގައިވެ އެވެ. ޓާސްކް ފޯސް އިން ބުނީ ތޮއްޖެހިގެން ނުވަތަ ޒަރޫރީ ބޭނުން ނުފުދި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތުވެސް ނަގަން ނިންމާފައިވާ ކަމަށާ އެފަދަ މައުލޫމާތު އެނގޭ ފަރާތްތަކުން އެކަން ޓާސްކް ފޯސްގައި ހިއްސާކޮށްދެއްވުމަށް އެދޭ ކަމަށެވެ.

ޓާސްކް ފޯސް އިން ބުނީ ކުޅުދުއްފުށީގައި އުޅޭ ޒަރޫރީ ބޭނުން ނުފުދިފައި ތިބި އާއިލާތަކާއި ބިދޭސީންގެ މައުލޫމާތު އޮންލައިން ފޯމް މެދުވެރިކޮށް ފުރާ ހިއްސާކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ. އަދި އެފަދަ ފަރާތެއް އެނގޭނަމަ ސޯޝަލް ސަޕޯޓް ޑެސްކުގެ ހޮޓްލައިން 6528831 އަށް ރަސްމީގަޑީގައި ގުޅައި ނުވަތަ އޮންލައިން ފޯމް މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރުމަކީ އެފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ. އަދި އަމިއްލައަށް ގުޅުވައިގެން ނުވަތަ މިފަދަ ފަރާތެއް އެނގޭ އެހެން ފަރާތަކަށްވެސް މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައިވާކަމަށް ޓާސްކް ފޯސް އިން މައުލޫމާތުދެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މިއަހަރުގެ މޭ މަހުގެ ތެރޭގައިވެސް ކުޅުދުއްފުށީ ކޮވިޑް ޓާސްކް ފޯސްއިން ވަނީ އެ ރަށުގައިއުޅޭ ޒަރޫރީ ބޭނުންތައް ނުފުދިފައިވާ މީހުންގެ މައުލޫމާތު އެއްކޮށްފަ އެވެ.

ކުޅުދުއްފުށިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނި، މިހާރު އޮތީ ލޯކަލް ޓްރާންސްމިޝަނެއްގެ ހާލަތުގައި އެވެ. އެއީ އެކްލަސްޓާއެއްގެ ތެރޭގައި ބަލި ފެތުރުމެވެ. އެހެންވުމުން ކުޅުދުއްފުށީ ޓާސްކް ފޯސްއާއި އެޗްއީއޯސީ ގުޅިގެން ބަލި ކޮންޓްރޯލްކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިމަހު 18 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށީ ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ)އިން މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355