twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅުދުއްފުށީގައި އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ހިދުމަތް އަލުން ފަށައިފި

ނަބީލާ އިސްމާޢީލް
Oct 24, 2020

ކުޅުދުއްފުށީގައި އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ)ގެ ހިދުމަތް އަލުން ފަށައިފި އެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ ނެޝަނަލް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިރުޝާދުގެ މަތިން ކޮވިޑް-19 އިން ރައްކާތެރި ވުމުގެ މަސައްކަތްތައް ކުޅުދުއްފުށީގައި އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އީ.އޯ.ސީ) ކުޅުދުއްފުށި ކައުންސިލްގައި އަލުންފަށައި މަަސައްކަތްތައް ވަނީ ފުޅާ ކުރެވިފައި ކަމަށެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ އީއޯސީގެ މަސައްކަތް ފުޅާކުރެވި ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އަދާހަމަކުރުމުގެ މަސައްކަތް ދިވެހި ރެޑްކްރެޒެންޓް ހދ. ގޮފި އަދި ކުޅުދުއްފުށި ކައުންސިލް ގުޅިގެން ވަނީ ފަށާފަ ކަމަށާއި މި ހަރަކާތުގައި ކޮވިޑް-19 ބެހޭ މައުލޫމާތު ބިދޭސީންނަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް ލަތީފް ވިދާޅުވި އެވެ.

މީގެ އިތުރުން މި ހާރަތަކުގައި ފިހާރަތައް ހުރީ މިންގަނޑު ތަކަށް ފެތޭ ގޮތައްތޯ ބަލައި އެތަންތާ މަސައްކަތް ކުރާ ފަރާތްތަކަށް ކޮވިޑް-19 އާ ބެހޭ މައުލޫމަތުދީ ބަލިން ރައްކާތެރިވުމަށް މަސައްކަތް ކުރަންވީ ގޮތުގެ މައުލޫމާތު ދެމުން ގެންދާނެ ކަމަ ލަތީފް ވިދާޅުވި އެވެ.

އަދި ރަށުގައި ތާށިވެފައި ތިބި މީހުންނާއި ރަށަށް ނާދެވިފައިވާ މީހުންގެ މައުލޫމާތު ހޯދައި އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ފެންނަނަމަށް ފުލޫ ކްލިނިކަށް ދެއްކުމަށާއި ބިދޭސީން އަދި ދިވެހިން ފްލޫ ކްލިނިކަށް ދެއްކުން ކުޅުދުއްފުށި ރީޖިނަލް ހޮސްޕިޓަލް އިން ލޯކަލް މާރކޭޓް ބިލްޑިންގައި ހިންގާ ފުލޫ ކްލިނިކްގައި ހިލޭ ކުރިއަށްދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355