twitterviber whatsapp telegramfacebookyoutube instagram
27th March 2026

މޮނިޓަރިންގައި އޮތް ރަށެއް ނަމަވެސް ޒަރޫރީ ބޭނުމަށް އެ ރަށަކަށް ދެވޭނެ

ނަބީލާ އިސްމާޢީލް
Oct 27, 2020

މުހިންމު ހިދުމަތްދޭ ރަށެއް މޮނިޓަރިންގެ ހާލަތުގައި އޮތް ނަމަވެސް ޒަރޫރީ ބޭނުންތަކަށް އެ ރަށަކަށް ދެވޭނެ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، މޮނިޓަރިންގެ ހާލަތުގައިވާ ރަށަކަށް ހިދުމަތެއް ހޯދަން ދާނަމަ ހާއްސަ ހުއްދައެއް ދެމުންދާކަމަށެވެ. އެގޮތުން ސިއްހީ ހިދުމަތް ފަދަ މުހިންމު ހިދުމަތެއް ހޯދަން މޮނިޓަރިންގެ ހާލަތުގައި އޮތް ރަށަކަށް ދާނަމަ އީއޯސީ ލީގަލްއަށް ސަބަބު ބަޔާންކޮށް މެއިލް ކުރުމުން ހުއްދަ ދެވިގެންދާނެ ކަމަށެވެ.

ނަމަވެސް މި ފަދަ ހާލަތުގައިވާ ރަށަކަށް ދާނަމަ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް މައުރޫފް އިލްތިމާސްކުރެއްވި އެވެ.

އެޗްއީއޯސީން މިހެން ބުނެފައިވާއިރު ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތް ފޯރުކޮށްދެމުންގެންދާ ރ. އުނގޫފާރު އަދި ކުޅުދުއްފުށީން ކޮވިޑް-19ގެ އެކްޓިވް ކޭސް ފެނިގެން އެޗްޕީއޭއިން ވަނީ މި ދެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

ކުޅުދުއްފުށި ކޭސްއާ ގުޅިގެން އެޗްއީއޯސީގެ ހާއްސަ ޓީމެއްގެ އިރުޝާދުގެ ދަށުން ކުޅުދުއްފުށި ޓާސްކް ފޯސްއިން ދަނީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355