twitterviber whatsapp telegramfacebookyoutube instagram
1st March 2026

ޕަބްލިކް ވާރކްސްއަށް ބަޖެޓް ހަމަޖެހި، މަގުތައް އެއްވަރުކުރުމުގެ މަސައްކަތް ފަށައިފި

Oct 27, 2020
8

ކުޅުދުއްފުށި ޕަބުލިކް ވާކްސްގެ ބަޖެޓް ހުސްވެފައި އޮންނަތާ ގާތްގަނޑަކަށް އަހަރެއްފަހު ބަޖެޓް ހަމަޖެހި އަލުން މަސައްކަތްތައް ފަށައިފި އެވެ.

ޕަބުލިކް ވާކްސްގެ ބަޖެޓް ހުސްވެ، ބައެއް ވެހިކަލްތައް ވަނީ ކުރައުންޑްވެފަ އެވެ. އެހެން ވެލިމަގުތައް އެއްވަރު ނުކުރެވި ގިނަ ދުވަސްތަކެއްވުމުގެ ސަބަބުން މަގުތައް އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، ޕަބުލިކް ވާކްސްގެ މަސައްކަތަށް މިދިޔަ ހަފްތާތެރޭގައި ބަޖެޓް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެ މަސައްކަތަށް 2 ލައްކަ ރުފިޔާގެ ބަޖެޓެއް ދީފައިވާކަމަށް ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ، ބަޖެޓް ހަމަޖެހުމުން ގުރައުންޑްވެފައި ހުރި ވެހިކަލްތައް މަރާމާތުކޮށް މަގުތައް އެއްވަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން އިއްޔެ އާއި މިއަދު ވެހިގަނޑު ސަރަހައްދުގައި ހުރި މަގުތައް ލެވެލްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މަގުތައް ލެވެލްކުރުމުގައި އިސްކަންދޭނީ ބޮޑަށް ހަލާކުވެފައި ހުރި މަގުތައް އެއްވަރުކުރުމަށާއި ވެލިއަޅަން ޖެހޭ މަގުތަކަށް ވެލި އަޅައި އެއްވަރުކުރެވޭނެ ކަމަށް ލަތީފް ވިދާޅުވި އެވެ.

ޕަބުލިކް ވާކްސްގެ ވެހިކަލްތައް ހަލާކުވެ މަގުތައް ނުހެދުމުގެ ސަބަބުން ގިނަ ބައެއްގެ ޝަކުވާ އަންނަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355