twitterviber whatsapp telegramfacebookyoutube instagram
20th October 2025

އިތުރު 100 ރެންޑަމް ސާމްޕަލް މިއަދު ނަގަނީ

ނަބީލާ އިސްމާޢީލް
Oct 27, 2020

ކުޅުދުއްފުށީގައި ކޮވިޑް-19 ފެތުރިފައިވޭތޯ ބެލުމަށް އިތުރު 100 ރެންޑަމް ސާމްޕަލް މިއަދު ނަގާނެ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު(ކޭއާރުއެޗް)ން ބުނެފި އެވެ.

ކޭއާރުއެޗުން ބުނީ ރަށުގައި ކޮވިޑް ފެތުރިފައިވޭތޯ ބެލުމަށް ނަގާ ރެންޑަމް ސާމްޕަލްގެ ދެވަނަބުރުގެ އިތުރު 100 ސާމްޕަލް މިއަދު 15:00 އިން ފެށިގެން ނަގާނެ ކަމަށެވެ. އަދި މިކަމަށް އެންމެހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ހޮސްޕިޓަލުން އިލްތިމާސްކުރެއެވެ.

ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ލޯކަލް މާރުކޭޓް އިމާރާތުގައި ގާއިމު ކޮށްފައިވާ ފުލޫ ކުލިނިކަށް ނުވަތަ ކޮވިޑް ހޮޓްލައިން 7606688 ނަންބަރާ ގުޅުމަށް ކޭއާރުއެޗުން އެދޭކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ނެގުނު 100 ރެންޑަމް ސާމްޕަލްވެސް ވަނީ ނެގެޓިވްވެފަ އެވެ. ކޭއާރުއެޗުން ބުނީ މިއަދު ނެގޭ ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާއަށް ބެލުމަށް ފަހު މޮނިޓަރިންގެ ހާލަތާ މެދު ގޮތެއް ކަނޑައެޅިގެން ދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އުތުރުގެ ޕޮލިސް ކްލަސްޓާއާ ގުޅިގެން މިހާތަނަށް ހއ، ހދ އަދި ށ އަތޮޅުން 405 ސާމްޕަލްއެއް ވަނީ ނެގިފައި ކަމަށެވެ.

މިމަހު 18 ވަނަ ދުވަހު ޕޮޒިޓިވް ކޭސްއާ ގުޅިގެން ކުޅުދުއްފުށިން މިހާތަނަށް 220 ރެންޑަމް ސާމްޕަލެއްވަނީ ނަގާފައެވެ. ނަމަވެސް މި އެންމެންގެ ނަތީޖާވެސް ވަނީ ނެގެޓިވްވެފަ އެވެ.

މިހާތަނަށް ކުޅުދުއްފުށީގައި ގާއިމު ކުރެވިފައިވާ ޕީސީއާރު ލެބުން 4851 ސާމްޕަލް ވަނީ ޓެސްޓްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355