twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރިސޯޓް މުވައްޒަފުންނާއި ގެސްޓުން ކަރަންޓީންކުރަން ރިސޯޓެއް ހަމަޖައްސަނީ

Nov 1, 2020
1

ކޮވިޑް-19އާ ގުޅިގެން ފަތުރުވެރިންނާއި ރިސޯޓް މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ހާއްސަ ރިސޯޓެއް ކަނޑައެޅުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ރިސޯޓެއް ކަނޑައަޅަން ނިންމިކަން އިއުލާންކޮށް، ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

އަދި ކޮވިޑް ޖެހިފައިވާ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވޭ ފަތުރުވެރިންނާއި މުވައްޒަފުން ބައިތިއްބަން ޝައުގުވެރިވާ ރިސޯޓުތަކުގައި ހުންނަން ޖެހޭ ޝަރުތުތަކެއް މިނިސްޓްރީން ވަނީ ކަނޑައަޅާ އިއުލާނުކޮށްފަ އެވެ.

ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މަދުވެގެން 50 ކޮޓަރީގެ ރިސޯޓަކަށްވުމާއި ކ، އއ، އދ، ނުވަތަ ވ އަތޮޅުގެ ރިސޯޓަކަށްވުން، 3 މަސްދުވަހަށްވުރެން ކުރުނޫން މުއްދަތަކަށް މުޅި ރިސޯޓުލިބުމުގެ އިތުރުން ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކަރަންޓީން އަދި އައިސޮލޭޓް ކުރެވޭ މީހުންގެ ކެއުމާއި ތިބުމުގެ އެންމެހާ އިންތިޒާމްތައް ރިޒޯޓުން ހަމަޖެހެން ހުރުން އަދި އެޗްޕީއޭ ގެ އެންމެހައި ގަވާއިދުތަކަށް ފެތޭ ފަދަ ރިޒޯޓަކަށްވުމެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޒޫމް މެދުވެރިކޮށް ވަރޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ 10 ނޮވެންބަރު 2020 ވާ އަންގާރަ ދުވަހުގެ 13:00 ގައެވެ.

މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 9ވަނަ ދުވަހުގެ 14:00 ގެ ކުރިން މެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، ފޮނުވުމަށް ވަނީ އެދިފައެވެ. މިކަމަށް އެދި ހުށައެޅުމުގެ ސުންގަޑިއަކީ 16 ނޮވެމްބަރުވާ މެންދުރުފަހު 14:00 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355