twitterviber whatsapp telegramfacebookyoutube instagram
15th August 2025

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ހޭންޑްބޯލް މުބާރާތެއް ބާއްވަނީ

ނަބީލާ އިސްމާޢީލް
Nov 10, 2020
2

ޑަބްލިއު ސްޕޯޓްސް އެކަޑެމީ (ޑަބްލިއުއެސްއޭ) އާއި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ހޭންޑް ބޯޅަ މުބާރާތެއް ބާއްވަން ނިންމާ އެކަން އިއުލާނުކޮށްފި އެވެ.

ޑަބްލިއުއެސްއޭއިން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިފައިވާ މުބާރާތެއް ކަމަށެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 25 ވަނަ ދުވަހު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ ކަމަށެވެ.

އަންހެން އަދި ފިރިހެން ދެ ކެޓަގަރީއަށް ހުޅުވާލައިގެން ކުރިއަށްދާ މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހު 15 ވަނަ ދުވަހުގެ 22:00 ގެ ކުރިންނެވެ. އަދި ޓީމް ލިސްޓް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހު 20 ވަނަ ދުވަހުގެ 22:00 ގެ ކުރިންނެވެ.

ބީޗް ހޭންޑްބޯލް ފިޔަވައި މި ފަދަ ހޭންޑްބޯޅަ މުބާރާތެއް ޑަބްލިއުއެސްއޭއިން ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ ގައި ރަޖިސްޓްރީވުމަށް އަދި އިތުރު މައުލޫމާތު ހޯދުމަށް 9955900 އަށް ގުޅުމަށް ޑަބްލިއު ސްޕޯޓްސް އެކަޑަމީން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355