twitterviber whatsapp telegramfacebookyoutube instagram
22nd September 2026

ހއ، ހދ އަދި ނ އަތޮޅަށް ހިދުމަތްދޭން އެމްޓީސީސީން ފެރީ ހޯދަނީ

ޚަދީޖާ އާދަމް
Dec 7, 2020
1

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެ ކުންފުނިން ފެރީ ނިޒާމުގައި ބޭނުން ކުރަން ޒޯން އެކެއްގެ ހއ. އާއި ހދ. އަދި ޒޯން ދޭއް ގެ ނ. އަތޮޅަށް ބޭނުންވާ ފެރީ ކުއްޔަށް ދޭނެ ފަރާތެއް ހޯދަން ފަށައިފި އެވެ.

އެމްޓީސީސީއަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ފެރީގެ ހިދުމަތް ވެސް ދެމުން ގެންދާ ކުންފުންޏެކެވެ.

މި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 13 ވަނަ ދުވަހު މައުލޫމާތު ސާފު ކުރުމަށްފަހު، މި މަހު 20 ގެ ކުރިން ބިޑް ހުށަޙެޅުމަށް އެމްޓީސީސީ އިން އެދިފައިވެ އެވެ.

އެ ކުންފުނިން ދެމުން ގެންދާ ފެރީގެ ހިދުމަތަކީ ގެއްލުމުގައި ދެމުންދާ ހިދުމަތަކަށް ވާއިރު މި ގެއްލުން ފޫބެއްދުމަށް ސަރުކާރުން ކޮންމެ އަހަރަކު ވެސް ސަބްސިޑީގެ ގޮތުގައި ފައިސާދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293