twitterviber whatsapp telegramfacebookyoutube instagram
17th April 2024

ގެސްޓްހައުސް ހުޅުވަން ކައުންސިލްގެ ހުއްދަ ބޭނުން ނުވާގޮތަށް އުސޫލު ބަދަލުކޮށްފި

ޚަދީޖާ އާދަމް
Dec 8, 2020
1

ރަށްރަށުގައި އަދި ސިޓީތަކުގައި ހިންގާ ގެސްޓްހައުސްތައް ހުޅުވަން އެރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުގެ ހުއްދަ ބޭނުން ނުވާ ގޮތަށް ޓުއަރިޒަމް މިނިސްޓްރީއިން އުސޫލަށް ބަދަލު ގެނެސްފި އެވެ.

އެ މިސްޓްރީއިން މިރޭ ނެރުނު ސާކިއުލާގައި ބުނީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ޓުއަރިސްޓް ހޮޓާ އަދި ގެސްތްހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގެ ކުރިން ފަތުރުވެރި ކަމަށް ރަށް ހުޅުވާލުމާމެދު ސިޓީ ކައުންސިލު ނުވަތަ ރަށު ކައުންސިލުގެ އިއުތިރާޒެއް ނެތް ކަމަށް މިނިސްޓްރީއަށް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

ޓުއަރިޒަމް މިނިސްޓްރީއިން ބުނީ އެގޮތަށް އުސޫލަށް ބަދަލުގެނައި ނަމަވެސް ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގައި ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންތަލާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

އަދި އެކަންކަން ފުރިހަމަ ކުރޭތޯ ކައުންސިލުތަކުންނާއި ޓުއަރިޒަމް މިނިސްޓްރީއިން ބަލަމުން ގެންދާނެ ކަމަށް ވެސް ސާކިއުލާގައި ވަނީ ބުނެފަ އެވެ. އެ އުސޫލަށް އަމަލު ކުރަން ނިންމާފަިއވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

އެގޮތަށް އުސޫލަށް ބަދަލުގެނައިއިރު ބައެއް ރަށްރަށުގައި ގެސްޓްހައުސްތައް ހުޅުވުުގެ ހުއްދަ ދިނުމަށް ކައުންސިލުތަކުން ދެކޮޅު ހަދާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355